ޚަބަރު

7 މަހަށް ފަހު އާންމު ނަމާދުތަކަށް ހަރަމްފުޅު ހުޅުވާލައިފި، މުސްލިމް އުންމަތް އުފަލުން ފޮޅިފައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ބަންދު ކުރުމަށް ފަހު، މަސްޖިދުލްޙަރަމް އާންމުކޮށް ނަމާދު ކުރުމަށް ހުޅުވާލުމާއެކު، އެތައް ބަޔަކު ޖަމާއަތުގައި ބައިވެރިވާން ފަށައިފިއެވެ.

Ads by MWSC

ކޮވިޑް-19އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މަސްޖިދުލްހަރަމް އާއި މަސްޖިދުއް ނަބަވީ ހިމެނޭހެން ސައުދީގެ ހުރިހާ މިސްކިތެއް ބަންދުކުރީ މާޗު މަހުގެ ތެރޭގައެވެ.

މަސްޖިދުލްހަރަމްގައި އާއްމުކޮށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އަލުން ޖަމާއަތުގެ ނަމާދުތައް ފަށާފައި ވަނީ މިއަދު ފަތިސް ނަމާދަށެވެ. ޖަމާއަތުގައި ކުރި މި ފަތިސް ނަމާދުގައި އެތަކެއް މުސްލިމުންނެއް ވަނީ ބައިވެރިވެފައެވެ.

މިސްކިތްތައް އާންމުންނަށް ހުޅުވާލީ ކަމުގައި ވީނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަމާއަތުގައި ކުރާ ނަމާދުތައް ގައިދުރުކޮށް ކުރުމުގެ އިތުރުން ޖަމާއަތަށް ނަމާދަށް އަންނަ މީހުން ނަމާދުކުރަންޖެހޭނީ މިސްކިތުގެ އެކި ފަންގިފިލާ ތަކުގައެވެ. މާތްވެގެންވާ ގެފުޅު ހުންނަ މަތާފް ސަރަހަދަށް ފޭބޭނީ ހަމައެކަނި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށެވެ.

އުމްރާގެ އަޅުކަމަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ޙަރަމުފުޅު އާއްމުކޮށް ހުޅުވާލީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި 75 ހާހަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަ ކުރިއެވެ.

 

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!