ޚަބަރު

އައްޑޫގައި ޒަހަމްވި މީހާގެ ހާލު ރަނގަޅު، އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫސިޓީ ހިތަދޫގައި ރޭ ހިނގި ގްރޫޕް މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލާދީ ސީރިއަސް ޒަހަމްތަކެއް ކޮށްލި މީހާގެ ހާލު ސްޓޭބަލް އަކަށް އައްޑޫ އީކުއިޓޯރިއަލް ހޮަސްޕިޓަލުން ބުނެފިއެވެ.

Ads by Sosun Fihaara

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 12:38 ހާއިރެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ އޯކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.

ފުލުހުން މިއަދު ހެނދުނު ބުނެފައިވަނީ މިހާދިސާއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަަށެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ އެ ޒުވާނާގެ އަތުގެ ދެ އިނގިލި ވަނީ ބުރިކޮށްލާފައި ކަމަށް މަންޒަރު ދުށް މީހަކު ވަނީ އެނޫހަށް މައުލޫމާތު ދީފައެވެ. އަދި އެމީހާގެ އުނަގަނޑާއި ފަޔަށާއި ބުރަކައްޓަށް ވެސް ހަމަލާ ދީފައިވާއިރު އޭނާގެ ފައި ވެސް އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!