ޚަބަރު

ރައީސް އޮފީހުގެ އިސް ސިޔާސީ ބޭފުޅުންގެ މުސާރައަށް ކޮންމެ މަހަކު 1.7 މިލިއަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައީސް އޮފީހުގެ ސިޔާސީ އިސް ބޭފުޅުންގެ މުސާރައަށް ކޮންމެ މަހަކު 1.68 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަކޮށްފިއެވެ.

Ads by STELCO

މިކަން ހާމަ ކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ މައުލޫމާތު އާންމު ކުރާ އާންމު ފަރުދެއް ކަމަށްވާ އައިމަން ލަތީފުގެ އެދުމުގެ މަތިން ރައީސް އޮފީހުންނެވެ. އެއޮފީހުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ހާމަކުރުމުން، އައިމަން ވަނީ އެ މައުލޫމާތު އާންމުކޮށްފައެވެ.

އައިމަން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި ރައީސް އާއި ނައިބު ރައީސް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅުން، ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުން، އަދި ޑިޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1.69 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 20.24 މިލިއަން ރުފިޔާ އެވެ.

މުސާރައިގެ ގޮތުގައި ރައީސަށް ކޮންމެ މަހަކު ލިބި ވަޑައިގަންނަވާނީ 100،000 ރުފިޔާއެވެ. އަދި ނައިބު ރައީސަށް ލިބިވަޑައިގަންނަވާނީ މަހަކު 75،000 ރުފިޔާއެވެ.

ރައީސް އޮފީހުގައި މިނިސްޓަރ ފެންވަރުގެ ހަތް ބޭފުޅުން ތިއްބަވާއިރު އޭގެން ކޮންމެ ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!