ޚަބަރު

މުސްލިމް އުންމަތަށް ލަދެއް؛ އިސްރާއީލަށް އެހީތެރިވާ އަދި ޔަހޫދީން ދެކެ ލޯބިވާ މީހުނަށް ދޭ އިނާމް އަރަބި 5 ވެރިއަކަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޔަހޫދީން ދެކެ ލޯބިވާ އަދި އިސްރާއީލަށް ތާއީދުކުރާ މީހުނަށް ދޭ އިނާމެއް 5 ގައުމެއްގެ އަރަބި ވެރިންނަށް ދޭން ނިންމައިފިއެވެ.

Ads by MWSC

"ފްރެންޑްސް އޮފް ޒަޔަން އިނާމު" ގެ ނަމުގައި ޒަޔަނިސްޓު މަރުކަޒަކުން ދޭ މި އިނާމަކީ ޒަޔަނިޒަމަށް އެހިތެރިވެ ވާގިވެރިވާ ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި މުފައްކިރުންފަދަ ނުފޫޒުގަދަ ފަރާތްތަކަށް ދޭ އިނާމެކެވެ،

އަރަބި ގައުމުތައް ކަމަށްވާ ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، އޮމާން އަދި ބަހްރައިން ގެ ލީޑަރުންނަށް މި އިނާމު ދިނުމަށް ޒަޔަނިސްޓު މަރުކަޒުން ވަނީ ނިންމާފައެވެ.

އެމަރުކަޒުން ބުނެފައިވާ ގޮތުގައި މި އަރަބި ވެރިންނަށް މި އިނާމު ދޭން ނިންމާފައި މިވަނީ މި ގައުމުތަކުގެ އިސްވެރިންނަށް ވުރެ ޔަހޫދީން ދެކެ ބޮޑަށް ލޯބިވާ އިތުރު ބަޔަކު ނޫޅޭ ކަމަށެވެ. އަދި އިސްރާއީލަށާއި ޒަޔަނިޒަމަށް އެހިތެރިވެ އެމީހުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މި ލީޑަރުން ސިއްރާއި ފާޅުގައި އެހީވާ ކަމުގައި ވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަރަބި ގައުމުތަކުގެ ލީޑަރުންތަކެއް އިސްރާއީލަށް ވާގިވެރިވުމަކީ ލިބުނު ކާމީޔާބީއެއްގެ ގޮތުގައި ވެސް އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!