ދީން

އަޅުގަނޑުގެ މިޔުޒިކީ ޙަޔާތުގެ އެއްޗެހި ފެތުރުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން، އެއީ އަޅުގަނޑަށް ދެވޭ އަނިޔާއެއް: ޢަލީ ރަމީޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒްގެ މިޔުޒިކީ ޙަޔާތާއި ގުޅޭ އެއްވެސް އެއްޗެއް މިހާރު ނުފެތުރުމަށް އޭނާ އަނެއްކާ ވެސް އެދިލައްވައިފިއެވެ.

Ads by Sosun Fihaara

ޢަލީ ރަމީޒް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މިއަދު ވިދާޅުވެފައި ވަނީ އޭނާ ކިޔާފައިވާ ލަވަތައް ޖެހުމާއި، ޓީވީ އަދި ރޭޑިއޯތަކުން އެލަވަތައް ފޮނުވުމާއި، އޭގެން ވިޔަފާރި ކުރުމާއި، މީސް މީޑިއާ އާއި އެހެންވެސް ވަސީލަތެއްގައި އޭނާގެ ލަވަތައް ފެތުރުމާއި، އޭނާގެ މިޔުޒިކީ ޙަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ކުރުމާއި، އޭނާއާއި މިޔުޒިކާއި ގުޅުވައިގެން މިއަދު ވެސް އަދި އޭނާ ނެތް ދުނިޔެއެއްގައި ވެސް، އިސްލާމްދީން މަނާ ކުރައްވާފައިވާ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ހާލެއްގައި އޭނާ ރުހޭ ކަމެއް ނޫން ކަމުގައެވެ.

"އެކަމަކީ އަޅުގަނޑަށް ކުރެވޭ ވަރަށް ބޮޑު ބޮޑު އުނދަގުލެއް، އަދި އަޅުގަނޑަށް ދެވޭ އަނިޔާއެއް. މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ބޭފުޅުން ކިބައިން އަޅުގަނޑު އާދޭސް ދަންނަވަން" ޢަލީ ރަމީޒް ވިދާޅުވިއެވެ.

"މިއަދު އަަޅުގަނޑަކީ ﷲ އަށް ޓަކައި މިޔުޒިކަށް އިންތިހާއަށް ނަފްރަތު ކުރާ މީހެއް"

މީގެ އިތުރުން ޢަލީ ރަމީޒު ވިދާޅުވީ، ޖާހިލުކަމާއި ނޭނގުމުގެ ތެރޭގައި މާޒީގައި ހިނގާފައިވާ މިބާވަތުގެ ކަންކަން ފެތުރުމުގައި ތިމާމެންގެ ނުބައި ޢަމަލުތަކުގެ ފަތް ބުރަ ކުރުމުގެ ބަދަލުގައި، ޣާފިލުކަމުގެ ނިދިން ހޭލައި، މިޔުޒިކު ކުޅުމާއި މިޔުޒިކް އަޑުއެހުން ފަދަ ހުތުރުކަން ބޮޑު ވެގެންވާ ފާފަތަކުން ދުރުވެ، ﷲ ގެ މަގަށް ރުޖޫޢަވެ، ނުބައިކަމުގެ މަގުތައް ބަންދުކޮށް، ހެޔޮ މަގުގައި އޭނާއަކީ އެންމެންގެ މުސްލިމު އަޚެއްގެ ހައިސިއްޔަތުން އޭނާއަށް އެހީތެރިވެ ދެއްވުމަށް ވަސިއްޔަތް ކުރައްވާ ކަމަށެވެ.

Ads by Ooredoo
  1. ދަރުމަވެރިޔާ

    މިހުންނަށް ކުރެވިފައިވާ ނުރަނގަޅު ކަންކަން އަދި ފާފަތަކުން އެމީހުން ލަދު ގަންނަވާ ހަދާ މީހުންނަކީ ބޮޑުފާފަ ވެރިން . އެފަދަ މީހުން އެވަނީ އަނެކާގެ ހައްގަށް އަރާފަلله ނުފުއްސަވާ ފާފައެއްގެ މަތީގަ. އެމީހާ މާފުކޮށްފިނަނޫނީ

  2. ދަރުމަވެރިން

    މީހުންނަށް ކުރެވިފައިވާ ފާފަތަކުން މީހުން ލަދުގަންނަވާ މީހުންގެ ވާހަކަތައް އެހެންމީހުނަނަށް ކިޔައިދީ އަދި އާންމު ކުރުމަކީ ބޮޑުވެެގެންވާ ފާފައެއް، އެއީ އެކަން ކުރާ މީހަކު އެވަނީ އަނެކާގެ ހައްގަށް އަރާފަ އޭނާގެ ފާފަ ﷲ ފުއްސަވާނީ އެކަން ރައްދުވާ މީހާ އެކަން މާފު ކުރުމުން ނޫނީ އެކުށް ﷲ ނުފުއްސަވާނެ ކަމަށް ދީނީ ފޮތްތަކުގައި އެބަހުރި. ވަﷲ އަޢުލަމް.

  3. ދަރުމަ ފޮތް

    ކީއްކުރަންތަ އެހެން މީހުން ކޮއްފަ ހުންނަ ގޯސް ކަންތަތް ތައް ކިޔަނީ