ކޮތަރު ތަކަށް ކާންދިނުމުގައިވެސް، ލޭ ހަދިޔާ ކުރުމުގައިވެސް އެންމެ ކުރީގައި ދިވެހި ފުލުހުން
ކޮވިޑް19 އާއި ގުޅިގެން އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. ލޮކްޑައުންގެ ސަބަބު ގޭގައި ތިބެން ޖެހުމުން އެތައް ބައެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މީގެ ތެރެއިން މިދުވަސްކޮޅު މީސްމީޑިއާ ގައި އެންމެ އަޑުގަދަކޮށް ދެކެވޭ އެއް ވާހަކަ އަކީ ތެލެސީމިއާ ކުދިންނަށް ބޭނުން ވާ ވަރަށް އެކަށީގެންވާ ލޭ ބްލަޑް ބޭންކު ގައި ނެތް ވާހަކައެވެ. ލޮކްޑައުންގެ ސަބަބުން ކުރިން ލޭ ހަދިޔާ ކުރި އެތައް ފަރާތަކަށް ލޭ ހަދިޔާ ނުކުރެވި ލޭ ލިބުމުގައި އެތަކެއް ދަތިތަކަކާއި ކުރިމަތި ލާން ޖެހުނު ވާހަކައެވެ.
ހަމައެހެންމެ މިއަދު ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކަމަކީ ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާނެ އެއްޗެއް ނުލިބި މަރުވާން ފެށި ވާހަކައެވެ. އެއާއެކު ގިނަ ބަޔަކު މީސް މީޑިއާ ގައި އެކަމާއި ގުޅިގެން ކަންބޮޑުވުން ތައް ފާޅުކޮށްފައިވެއެވެ.
ެއެކަން ފުލުހުން އެބަކުރޭ. ލޭ ހަދިޔާ ކުރުންވެސް އެބަހިނގާ. #އެންމެންގެޚިދުމަތުގައި #އަވަށްޓެރިފުލުހުން #StayHomeStaySafe #WashYourHands pic.twitter.com/eoDHOvUzst
— Mohamed Hameed (@M_Hameedh) April 20, 2020
އެހެން ހުރިހާ ކަމެއްގައި ހެން މި ފަހަރުވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވީ ދިވެހި ފުލުހުންނެވެ.
މިކަމާގުޅިގެން ސީޕީ ހަމީދު ޓްވިޓަރ ގައި ބުނެފައިވަނީ ކޮތަރަށް ކާންދިނުމުގެ މަސައްކަތާއި ލޭ ހަދިޔާ ކުރުން ވެސް ފުލުހުން ކުރަމުންގެންދާކަމަށެވެ. އަދި ފޮޓޯއެއް ވެސް ވަނި ހިއްސާކުރައްވާފައެވެ. ފުލުހުންގެ މި ހިދުމަތަށް މީސްމީޑިއާ ގައި ދަނީ ތައުރީފް ކުރަމުންނެވެ.
މީގެ އިތުރުންވެސް ކޮވިޑް19 ގެ އެހެން ކަންކަމުގައި ވެސް ދިވެހި ފުލުހުން ފުރާނަ ނުރައްކަލަށް ހުރަހޮޅިގެން ކުރަމުންގެންދާ އެހެނިހެން މަސައްކަތްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ދިވެހި ފުލުހުންވަމުންދާ ގުރުބާނީ އަކީ ދުވަހަކު ވެސް އޭގެ އަގު އަދާ ކުރެވޭނެ ކަމެއް ނޫނެވެ.