ޚަބަރު

އޮށާޅަ: ޒުވާންކަމުގެ ހަތުރެއް، ސަލާމަތްވާނީ ކިހިނެތް؟

ގައިގެ އެކި ހިސާބުތަކުގައި ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުމަކީ، ފުރާވަރުގެ ވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. އެކަމަކު މިއީ ވަކި ޢުމުރަކަށް ޚާއްޞަ ހަމުގެ ބައްޔެއް ނޫނެވެ. ޓީން އޭޖްއަށް ވުރެމަތިން ، ޢުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށް ވެސް މިކަމާއި ކުރިމަތިލާން ޖެހެނީ މަދެއް ކޮށެއް ނޫނެވެ.

ބައެއްފަހަރަށް މޫނުގައި ނުވަތަ ގައިގައި ބިހި ނެގުމަކީ ވަކި ޢުމުރަކަށް އެޅީމަ ކޮންމެހެން ދިމާވާން ޖެހޭކަމެއް ކަމަށް ހީކޮށް އެކަމަށް ފަރުވާނުކޮށް ދޫކޮށްލެވޭ ތަން އާދެއެވެ. މިކަމުގެ ނަތީޖާއަކަށް ވަނީ ބަލި ފަސޭހަނުވެ ، މޫނުގައި ވަޅުގަނޑު ހެދި ތިމާގެ ސޫރައަށް ވެސް އެކަމުން އަސަރުކުރުމެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ވެސް ވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވެއެވެ.

ނަމަވެސް އޮށާޅަ ނެގުމަކީ ފަރުވާއެއް ނުކޮށް ދޫކޮށްލައިގެން ހުންނަ ވަރަށްވުރެ ނުރައްކާތެރި ކަމެކެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ދަ ކްރިމްސަން ސްޓޯރ އިން މިވަނީ، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ، 4އެވަރ ނެޗްރަލްސްގެ ލުނުވިލާ އެންޓި އެކްނޭ ކްރީމް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.

ކުދި ލުނބޯ މަލުންނާއި ފަތުން އުފައްދާފައިވާ ފޯއެވާ ނެޓްރަލްސްގެ ލުނުވިލާ އެންޓި އެކްނޭ ކްރީމަކީ ސަތޭކަ އިންސައްތަ ފަތްޕިލާވެލީގެ ބާވަތްތަކުން އުފައްދާފައިވާ އުފެއްދުމެކެވެ. މި ޕްރަޑަކްޓްގައި ހިމެނޭ ޤުދުރަތީ މާއްދާތަކުގެ ސަބަބުން މޫނުގައި ނަގާ އޮށާޅަ ނެގުން މަދުކޮށް، އޮށާޅައިގެ ސަބަބުން މޫނުގައި ހެދިފައިވާ ކަޅު ނިޝާންތައް ދުއްވާލުމަށް މަގުފަހިކޮށްދެއެވެ. މޫނުގައި ނަގާ އޮށާޅަ ގިނަ ފަހަރަށް ނަގަނީ މޫނު ތެޔޮވުމުގެ ސަބަބުންނެވެ. މި ޕްރަޑަކްޓް ބޭނުން ކުރެއްވުމުން މޫނުން އޮށާޅަ ނެގުމުން ސަލާމަތްކޮށްދެއެވެ. މި ޕްރަޑަކްޓްގެ އަގަކީ 199 ރުފިޔާއެވެ

ކްރިމްސަންގެ ޕްރޮޑަކްޓްތައް ބައްލަވައިގަތުމަށާއި މައުލޫމާތު ސާފު ކުރެއްވުމަށް 9477001 ނަމްބަރު ފޯނާއި ގުޅުއްވުމަށް ނުވަތަ އެ ފަރާތުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެދުވެރިކޮށް މުއާމަލާތް ކުރެއްވުމަށް ކްރިމްސަން އިން ވަނީ އެދިފައެވެ. އެ ފަރާތުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ވެސް މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ކޮށްދެއެވެ.

ބޭނުން ކުރައްވާނެ ގޮތް:

އެންމެ ރަނގަޅު ނަތީޖާ ބޭނުންފުޅުނަމަ ދުވާލަކު ދެ ފަހަރު މި ޕްރަޑަކްޓް ބޭނުންފުޅު ކުރައްވާށެވެ. އަދި މޫނު ރަނގަޅަށް ސައިބޯނި ލައިގެން ދޮވެލުމަށް ފަހު ބޭނުންފުޅު ކުރައްވާށެވެ. މި ކްރީމް ބޭނުން ކުރުމުގެ ކުރިން މޫނުގައި ހުރި ފެން ރަނގަޅަށް ހިއްކާލާށެވެ.

އޮށާޅަ ފިލުވައިދޭ ކްރީމްގެ އިތުރުން ކްރިމްސަން އިން ވިއްކާ އެހެނިހެން އައިޓަމްތަކުގެ ތެރޭގައި ބުރުގާ އަޅުއްވާ ބޭފުޅުންގެ ތެރެއިން އިސްތަށިގަނޑަށް އެކި މައްސަލަ ދިމާވާ ބޭފުޅުންނަށް ޚާއްޞަ އިންދުލޭކާ އޮއިލް އާއި ، ނުރަވުމުން ދުރުކޮށްދޭ އޯގަން އޮއިލްގެ އިތުރުން އިސްތަށި ފަޅުވާ އެސް3ޑީ ހެއަރ ޓޮނިކް ، ސްޓްރެޗް މާކް ކުރީމް ހިމެނެއެވެ. އަދި ފައިފަޅައިގެން ދިއުމުން ދުރުކޮށްދޭ ފޯއެވާރ ކުރީމާއި ލޮލުކައިރި ކަޅުވުމުން ދުރުކޮށްދޭ އައިޖެލް އަކީ ވެސް މަގުބޫލު ޕްރޮޑަކްޓްތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!