ވިޔަފާރި

އަވިން ހަންގަނޑު ސަލާމަތްކޮށްދީ، ހަންގަނޑު ކުލަ އަލިކޮށްދޭ، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޯލްޑެން ފެއަރނެސް ކްރީމް މިހާރު ރާއްޖެއިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މޫނުގެ ހަންގަނޑު ރީތިިކޮށް ބެހެއްޓުމަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ރާއްޖެއަކީ ހޫނުގަދަ ގައުމަކަށް ވުމާއެކު، އިރުގެ އަވިން ހަންގަނޑު ސަލާމަތް ކުރުމަކީ، ރީތި ހަންގަނޑެއް ބޭނުން ނަމަ މުހިންމު ކަމެކެވެ.

Ads by Sosun Fihaara

އަވީގައި ގިނަވަގުތު ހޭދަކުރުމުން މޫނުގެ ހަންގަނޑަށް އެޅޭ އިރުގެ ގާމާ ދޯދީގެ ސަބަބުން ގެއްލުންތައް ވެއެވެ. ގިނަ ވަގުތު އަވީގައި އުޅޭނަމަ މޫނުމަތިން އަނދާ ކަޅުވެ ލަށް ޖެހުމަށް މެދުވެރި އެވެ. އަދި މޫނުމަތީގައި ކުދި ރޫޖެހި މީހާ މޫނުމަތީގެ ހަނގަނޑު ދޫވެ މުސްކުޅި ފާޑުޖަހަން ފަށަ އެވެ.

އިރުގެ ޔޫވީރޭސް ނުވަތަ ގާމާ ދޯދީގެ ސަބަބުން ކޮންމެ މީހެއްގެ މޫނަށްވެސް މި ގެއްލުންތައް ވާނެ އެވެ. ނަމަވެސް މި ގެއްލުންތަކުން ކުޑަކޮށްދޭ ކްރީމެއް، ރާއްޖޭގެ ބާޒާރަށް މިވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އޮންލައިން ވިޔަފާރި އެއް ކަމަށްވާ، ދަ ކްރިމްސަން ޝޮޕްއިން ނެރެފައެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން ކްރިމްސަން އިން ބުނެފައި ވަނީ، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ، 4އެވަރ ނެޗްރަލްސްގެ ގޯލްޑް ފެއާނެސް ކްރީމް މިހާރު ރާއްޖޭގެ މާކެޓަށް އެކުންފުނިން ނެރެފައިވާ ކަމަށާއި މި ބްރޭންޑްގެ އިތުރު ޕްރަޑަކްޓްތައް ވެސް އެ ކުންފުނިން މިހާރު ވިއްކަމުން އަންނަ ކަަމަށެވެ.

އަލޯވެރާ، ވައިޓައިމިން، އޭ، ވައިޓަމިން ބީ2، ވިޓަމިން ވައިޓަމިން އީ ބޭނުންކޮށްގެން އުފައްދާފައިވާ ފޯއެވަރ ނެޗްރަލްސް ގޯލްޑް ފެއަރނަސް ޑޭ ކްރީމަކީ ދުވާލުގެ ވަގުތު ތަކުގައި ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރަޑަކްޓްއެކެވެ. މި ކްރީމް ބޭނުން ކުރުމުގެ ސަބަބުން، ހަންގަނޑުގައި ހުންނަ ކަޅު ސްޕޮޓްތައް ދުއްވާލާ، ހަންގަނޑު މުސްކުޅިވެ، ރޫ ޖެހުމުން ދުރުކޮށްދެއެވެ. އަދި ހަންގަނޑުގެ ތެތްކަން ދަމަހައްޓައިދީ، ހަންގަނޑު ކަޅުވުމަށް މެދުވެރިވާ ޕިގްމެންޓެއް ކަމަށްވާ މެލާނިން އުފެއްދުމުން ދުރުކޮށްދެއެވެ. މިކަމުގެ ސަބަބުން ހަންގަނޑުގެ ކުލަ އަލިވެ، ހަންގަނޑު ކުރަކި ވުމުން ދުރުކޮށްދެއެވެ.

ރާއްޖޭގެ ތިމާވެއްޓާ ވެސް އެންމެ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕްރޮޑަކްޓް ގެ އެންމެ ހާއްސަ ކަމަކީ މިއީ ދެ ޖިންސަށް ވެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ "ޔުނިސެކްސް" ޕްރޮޑަކްޓަކަށް ވުމެވެ.

ކްރިމްސަންގެ ޕްރޮޑަކްޓްތައް ބައްލަވައިގަތުމަށާއި މައުލޫމާތު ސާފު ކުރެއްވުމަށް 9388628 ނަމްބަރު ފޯނާއި ގުޅުއްވުމަށް ނުވަތަ ވައިބާ ކުރެއްވުމަށް ނުވަތަ އެ ފަރާތުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މުއާމަލާތް ކުރެއްވުމަށް ކްރިމްސަން އިން ވަނީ އެދިފައެވެ. އެ ފަރާތުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ވެސް މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ކޮށްދެއެވެ. މިޕްރަޑަކްޓްގެ އަގަކީ 149 ރުފިޔާއެވެ.

މި ކްރީމް ބޭނުން ކުރަންވާނެ ގޮތް:

ފުރަތަމަ މޫނު އަދި ކަރު ރަނގަޅަށް ދޮވެލާށެވެ. އަދި ފެން ރަނގަޅަށް ހިއްކާލާށެވެ. ދެން ވަށްކޮށް މަސާޖުކުރާ ގޮތަށް، މޫނުގައި ކްރީމް ހާކާލާށެވެ. ކްރީމް ބޭނުން ކުރައްވާނީ ކޮންމެ ދުވަހަކު އެއްފަހަރުއެވެ.

ގޯލްޑް ފެއާނެސް ކްރީމްގެ އިތުރުން ކްރިމްސަން އިން ވިއްކާ އެހެނިހެން އައިޓަމްތަކުގެ ތެރޭގައި ފައިތިލަ ފަޅައިގެން ދިއުމުގެ މައްސަލައަށް ހައްލު ގެނެސްދޭ ފޫޓް ކްރީމް، ބުރުގާ އަޅުއްވާ ބޭފުޅުންގެ ތެރެއިން އިސްތަށިގަނޑަށް އެކި މައްސަލަ ދިމާވާ ބޭފުޅުންނަށް ޚާއްޞަ އިންދުލޭކާ އޮއިލް އާއި ، ނުރަވުމުން ދުރުކޮށްދޭ އޯގަން އޮއިލްގެ އިތުރުން އިސްތަށި ފަޅުވާ އެސް3ޑީ ހެއަރ ޓޮނިކް ، ސްޓްރެޗް މާކް ކުރީމް ހިމެނެއެވެ. އަދި އޮށާޅަ ފިލުވައިދޭ  ފޯއެވާ ކުރީމާއި ލޮލުކައިރި ކަޅުވުމުން ދުރުކޮށްދޭ އައިޖެލް އަކީ ވެސް މަގުބޫލު ޕްރޮޑަކްޓްތަކެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!