ވިޔަފާރި

ކްރިމްސަން ހުރިހާ ޕްރޮޑަކްޓެއް އައްޑޫ އެލްފިން ސްޓޯރުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ދިވެހިންގެ ތެރޭގައި މަޤްބޫލު ކަމެއް ހޯދާފައިވާ ކޮސްމެޓިކް ވިއްކަމުން އަންނަ ދަ ކްރިމްސަންސް ސްޓޯރުގެ ހުރިހާ ޕްރޮޑަކްޓެއް އައްޑޫގައި ހުންނަ އައްޑޫސިޓީ، ހިތަދޫ ގައި ހުންނަ "އެލްފިން" ކޮސްމެޓިކްސް އިން ވިއްކަން ފަށައިފިއެވެ.

Ads by MWSC

"އެލްފިން" ކޮސްމެޓިކްސް އަކީ ރީތިވުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮއަގުގައި ލިބެން ހުންނަ ފިހާރައެކެވެ. އެލްފިން ގެ ޚާއްސަ ކަމަކީ، އެފިހާރައިން ވިއްކަނީ ކޮލިޓީ ރަނގަޅު ރީތިވާ ސާމާނު ކަމަށް ވުމެވެ.

މި ފިހާރަ ހުންނަނީ އައްޑުސިޓީ ހިތަދޫ، އެޅަދީދީ މަގުގައެވެ.

ކްރިމްސަން އިން ވިއްކާ އެންމެ މަޤްބޫލު ޕްރޮޑަކްޓަކީ ފައި ފަޅައިގެން ގޮސްފައިވާ ބޭފުޅުންނަށް ޚާއްސަކޮށްގެން ވިއްކަމުން އަންނަ ފުޓް ކްރީމެވެ. ފުޓް ކުރީމްގެ އިތުރުން ކްރިމްސަން އިން ވިއްކާ އެހެނިހެން އައިޓަމްތަކުގެ ތެރޭގައި ބުރުގާ އަޅުއްވާ ބޭފުޅުންގެ ތެރެއިން އިސްތަށިގަނޑަށް އެކި މައްސަލަ ދިމާވާ ބޭފުޅުންނަށް ޚާއްޞަ އިންދުލޭކާ އޮއިލް އާއި ، ނުރަވުމުން ދުރުކޮށްދޭ އޯގަން އޮއިލްގެ އިތުރުން އިސްތަށި ފަޅުވާ އެސް3ޑީ ހެއަރ ޓޮނިކް ، ސްޓްރެޗް މާކް ކުރީމް ހިމެނެއެވެ. އަދި އޮށާޅަ ފިލުވައިދޭ ފޯއެވާ ކުރީމާއި ލޮލުކައިރި ކަޅުވުމުން ދުރުކޮށްދޭ އައިޖެލް އަކީ ވެސް މަގުބޫލު ޕްރޮޑަކްޓްތަކެވެ.

ކްރިމްސަންގެ ޕްރޮޑަކްޓްތައް ބައްލަވައިގަތުމަށާއި މައުލޫމާތު ސާފު ކުރެއްވުމަށް 9477001 ނަމްބަރު ފޯނާއި ގުޅުއްވުމަށް ނުވަތަ އެ ފަރާތުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެދުވެރިކޮށް މުއާމަލާތް ކުރެއްވުމަށް ކްރިމްސަން އިން ވަނީ އެދިފައެވެ. އެ ފަރާތުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ވެސް މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ކޮށްދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!