ޚަބަރު

ކަށީގެ ޑޮކްޓަރު، ޑރ. ޝާން ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ކަށީގެ ޚާއްސަ ޑޮކްޓަރު، ޑޮކްޓަރު ޝާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ޑރ. ޝާން އަށް ކޮވިޑް-19 ޖެހިފައިވާ ކަން ހާމަކޮށްފައި ވަނީ ފޭސްބުކުގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން ޑޮކްޓަރު ވިދާޅުވީ އޭނާ ކޮވިޑް1- އަށް ފައްސިވެފައިވާ ކަމަށާއި މިވަގުތު ހުންނެވީ ހޯމް އައިސޮލޭޝަން ގައި ކަމަށެވެ.

އަދި ކޮވިޑަށް ފައްސިވުމާ ގުޅިގެން، އާއިލާ އާ ރަހުމަތްތެރިންގެ ފަރާތުން ލިބެމުން އަންނަ އެހީ ފާހަގަކޮށް، ޑޮކްޓަރު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޑރ. ޝާން ކޮވިޑަށް ފައްސިވެފައިވާއިރު، ކޮވިޑް ގެ ދުވަސްވަރު އަތޮޅު ތެރެއަށް ވަޑައިގެން ކަށީގެ ބޮޑެތި އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެއް ދުވަސްތެރޭގައި އައްޑޫގައި ކުރި މައިބަދައިގެ 5 އޮޕަރޭޝަން ފާހަގަ ކޮށްލެވެއެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!