ބަރުދަން ލުއިކުރަން ބޭނުންތަ؟ އާފަލު ކައިގެންވެސް ތިކަން ވެދާނެ
އާފަލަކީ އެންމެ މަގުބޫލު މޭވާތަކުގެ ތެރެއިން މޭވާއެކެވެ. އާފަލަކީ ރާއްޖޭގައި ތިޔާގި މޭވާއެކެވެ. އާފަލު ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. ހަމަ އެހެންމެ އާފަލަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. އާފަލަކީ ވެސް ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.
އާފަލަކީ އޭގައި ގިނަ އަދަދަކަށް ފެނާއި ފައިބަރ އެކުލެވޭ އެއްޗެކެވެ. އެއީ އާފަލުން ލިއްބައިދޭ ފައިދާތައް ގިނަވުމުގެ އެއް ސަބަބެވެ.
1- ބަރުދަން ލުއިކޮށްދޭ
އެއް ދިރާސާއިން ދައްކާ ގޮތުގައި ކޮންމެ ފަހަރަކު ކެއުމުގެ ކުރިން އާފަލު ފޮއްޗެއް ކެއުމުން ބަނޑު ފުރޭލެއް އަވަސްވެއެވެ. ނަތީޖާއެއްގެ ގޮތުން، ކެވޭ މިންވަރު މަދުވެގެން ދެއެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާ މީހުން އާފަލު ކާން އެންމެ ރަނގަޅީ މިގޮތަށް ކަމަށް މި ދިރާސާއިން ބުނެދެއެވެ.
އެހެން ދިރާސާއަކުން ދައްކާ ގޮތުގައި 50 ކިލޯގެ އަންހެނަކު 10 ހަފްތާ ވަންދެން ކޮންމެ ދުވަހަކު އާފަލު ކެއުމުން އޭނާގެ ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ.
އާފަލު ކެއުމުން އަވަަހަށް ބަނޑު ފުރޭ ސަބަބަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެން ވުމެވެެ. އަދި ހަމަ އެހެންމެ އާފަލުގައި ހިމެނޭ ގުދުރަތީ މާއްދާތަކެއްގެ ސަބަބުން ބަރުދަން ލުއިކުރުމަށް އިތުރަށް އެހީތެރި ވެދެއެވެ.
2- ދަތްތައް ހުދުކޮށްދޭ
އާފަލަކީ ތިބާގެ ދަތް އުނގުޅާ ބުރުހާ އެއްފަދަ ކުރެވޭ އެއްޗަކަށް ނުވެދާނެއެވެ. އާފަލު ކެއުމަކީ ދަތްތައް ހުދުކޮށްދޭ ކަމެކެެވެ. އަދި ދަތްތައް ހަލާކުވުމުން ވެސް ދުރުކޮށްދެއެވެެ. އަދި ދަތްތަކުގައި ހުންނަ ބެކްޓީރިއާ ނައްތާލުމުގައި ވެސް އެހީތެރިވެދެއެވެ.
3- ހަކުރުބަލި ޖެހުމުން ރައްކާތެރިކޮށްދޭ
ދުވާލަކު ކައިގެންވެސް 28 އިންސައްތައަށް ހަކުރުބަލި ޖެހުމުގެ ބިރު ކުޑަކޮށްދެއެވެ. އެގޮތުން އާފަލުގައި ހިމެނޭ ފައިބަރުގެ ސަބަބުން ބްލަޑް ޝުގަރ ލެެވެލް ރަނގަޅު ވަރެއްގައި ހިފަހައްޓައިދެއެވެ.
4- ކްލޮސްޓްރޯލް ދަށްކޮށްދޭ
އާފަލުގައި ހިމެނޭ ފައިބަރުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދެއެވެ. އެގޮތުން ގޮހޮރުގައި ހުންނަ ސަރުބީ މަދުކޮށްދެއެވެ.
5- ކެންސަރު ޖެހުމުން ދުރުކޮށްދޭ
އެމެރިކާގެ ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި އާފަލު ކެއުމުގެ ސަބަބުން، ކެންސަރު ޖެހުމުގެ ބިރު 23 އިންސައްތަ ކުޑަ ކޮށްދެއެވެ. އެގޮތުން ހުރިހާ ވައްތަރެއްގެ ކެންސަރު ޖެހުމުން ވެސް އާފަލު ކެއުމުގެ ސަބަބުން ދުރު ކޮށްދެއެވެ.