ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: ފިރިމީހާ ދެއަނތްބަށް ކައިވެނި ކުރަން ހުއްދަ ދިން ޞާލިޙު ދިވެހި އަނތްބެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ވަރަށް މަދު މީހަކަށް ކުރެވޭ ކަމެކެވެ. ޚާއްސަކޮށް ދިވެހީންގެ ތެރޭގައި ދެ އަނތްބަށް ނުވަތަ އެއަށްވުރެ ވެސް ގިނައިން، ފިރިއަކު ކައިވެނި ކުރުން ވެފައިވަނީ ވަރަށް ވެސް "އަބުއި" ކަމަކަށެވެ. ބައެއް އަންހެނުން ދެކޭ ގޮތުގައި މިއީ ފިރިން ކުރަން ހުއްދަ ދީފައިވާ ވަރަށް ވެސް ނޭދެވޭ ކަމެކެވެ. އަނބިންނަށް ދެވޭ އަނިޔާއެކެވެ.

ނަމަވެސް މިދިވެހި އުޚްތާގެ ވާހަކަ މުޅިން ތަފާތެވެ. މިކަމާއިމެދު އޭނާގެ ވިސްނުން ވެސް ތަފާތެވެ. އޭނާއަށް ގިނަ ފިރިހެނުން އައްސަރިބަހާއި ސާބަސް ކިޔާނެކަން ކަށަވަރެވެ. ނަން ހާމަ ނުކުރުމަށް އެދި އޭނާ ވަނީ އޭނާގެ ވާހަކަ "ދެން" އަށް ކިޔައިދީފައެވެ.

"ގިނަ ދިވެހި އަންހެނުން އެމީހުންގެ ފިރިން އިތުރު ކައިވެންޏެއް ކުރަން ހުއްދަ ނުދޭކަން އަހަންނަށް ވެސް އެނގެއެވެ. ނަމަވެސް އަހަރެން އަބަދުވެސް ވާނީ އެހުއްދަ ދީފައެވެ.

އަހަރެންގެ ފިރިމީހާ ދެ އަނތްބަށް ކައިވެންޏެއް ކުރުމަކީ އޭނާ އަބަދުވެސް ވަރަށް ބޭނުންވި ކަމެކެވެ. ހަގީގަތަށް ބުނަންޏާ އޭނާ އަހަންނަކަށް އެއްވެސް ކަމެއް އޮޅުވައެއް ނުލައެވެ. އޭނާ އަބަދުވެސް ދެ އަނބިން ގެންގުޅޭ ހިތްވާކަން، އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެން ކައިރީގައި ބުންޏެވެ.

އަހަރެން އެކަމަކަށް ދެކޮޅެއް ނުހަދަމެވެ. އެއްވެސް އިރަކު ދެކޮޅެއް ނުހަދަމެވެ. ސަބަބަކީ ފިރިމީހާ އެހާ ބޭނުންވާ ކަމެއް ކުރަން ހުއްދަ ދިނުމަކީ އަހަންނަށް ކުރެވޭ ވަރަށް ރަނގަޅު ކަމެއްކަން އަހަންނަށް ވިސްނޭތީއެވެ. ފިރިމީހާ އެހެން ކައިވެންޏެއްގައި އުޅޭއިރު ކެތްތެރިވުމަކީ އަހަންނަށް ލިބޭ ވަރަށް ގިނަ ސަވާބުކަން ވެސް ވިސްނޭތީއެވެ. މީގެއިތުރުން، އޭނާ އެހާ އެކަން ކުރަން ބޭނުންވާއިރު އަހަރެން އެކަމަށް ދެކޮޅު ހަދާނަމަ، އޭނައަށް ދެން ފާފައެއް ވެސް ކުރެވިދާނެތީއެވެ. އެގޮތަށް އޭނައަށް ވެސް އަދި އަހަންނަށް ވެސް ފާފަ ލިބެން އަހަރެން ބޭނުމެއް ނޫނެވެ.

ފިރިމީހާ ދެ އަނތްބަށް ކައިވެނި ކުރަން އަހަރެން ރުހޭތީ، އަހަރެންގެ އެކުވެރިންނާއި އާއިލާ މީހުންވެސް އަހަންނަށް ވަރަށް ޖޯކު ޖެހިއެވެ. އަހަރުމެންގެ ދަރިން ވެސް ތިބިއިރު ފިރިމީހާ އެހެން އަނތްބެއް ހޯދަން ކޮންމެހެން ހުއްދަ ދޭންވީ ސަބަބެއް ނެތެއް ނޫންހޭ ވެސް ބުންޏެވެ. ނަމަވެސް އަހަރެން ބުނީ، ފިރިމީހާ ދެ އަނބިން ގެންގުޅެން ބޭނުންވަނީ ވަކި ޚާއްސަ އުޛުރެއް، ނުވަތަ އަހަރެންގެ ކިބައިގައި އުނިކަމެއް ހުރެގެން ނޫން ކަމުގަައެވެ. އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމަކަށް ވާތީއެވެ. އަދި އަހަރެންގެ ފިރިމީހާގެ ދެވަނަ އަނތްބާއި އެކުގައި ގުޅިގެން އުޅުމަކީ އަހަރެން ވެސް ކުރަން ބޭނުންވާ ކަމަކަށް ވާތީއެވެ.

ފިރިމީހާ ގާތު އަހަރެން ހަމައެކަނި އެދުނީ، ދެ އަނތްބަަށް މީހަކާއި އިން ނަމަވެސް ޞާލިޙު، ރަނގަޅު، އިޚްލާސްތެރި، ދީނީ ކަންކަމަށް ސަމާލުކަންދޭ ތެދުވެރި، އަދި އަހަންނާއި ވެސް ގުޅޭ އަނތްބެއް ހޯދުމަށެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު ފިރިމީހާ ހޯދީ ވެސް އެފަދަ އަނތްބެކެވެ. ކައިވެނީގެ ކަންކަން ހަމަޖެއްސުމުގެ ކުރިން އަހަންނާއި އެކުވެރި ވެސް ކޮށްދިނެވެ.

އޭނާއާއި ފުރަތަމަ ވާހަކަ ދެކެވުނު ދުވަހުވެސް، އަހަންނަށާއި އަހަރުމެންގެ ދަރިންނަަށް އޭނަގެ ފަރާތުން ދެރައެއް ލިބެން ނެތްކަމުގެ ޔަގީންކަން އަހަންނަށް ލިބުނެވެ.

އެދެމީހުން ކައިވެނި ކުރިއެވެ. އަހަރެން ބޭނުންވީ އަހަރުމެން އެކުގައި އެއް ގެއެއްގައި އުޅުމަށެވެ. ނަމަވެސް އަނެއް އަނތްބަށް ވިސްނުނު ގޮތުގައި އެކުގައި ދިރިއުޅޭނަމަ، ފަަހަރެއްގައި އަހަރެން ނުވަތަ އޭނާވެސް ކޮންމެވެސް އިރަކުން ދެރަވާން ފަށާފާނެއެވެ. އެއީ ވެސް ވެދާނެ ކަމެއްކަން އަހަންނަށް ޤަބޫލު ކުރެވުނެވެ.

އަހަންނާއި ފިރިމީހާގެ ކައިވެންޏަށް މިހާރު 15 އަހަރެވެ. އެދެމީހުންގެ ކައިވެންޏަށް ދެ އަހަރެވެ. އަހަރުމެންގެ މެދުގައި މައްސަލައެއް ނުޖެހެއެވެ. ދެވަނަ ކައިވެންޏެއް ކުރި ފަހުން ފިރިމީހާ އަހަރެން ދެކެ މާ ލޯބިވާހެން ވެސް ހީވެއެވެ. ކުރިއަށްވުރެ މާ އޯގާތެރިވެސް މެއެވެ. އަހަންނާއި އޭނަގެ އަނެއް އަނތްބާއި އުޅެނީ ދެ އެކުވެރިން ފަދައިންނެވެ. ކަންކަން ހިއްސާކޮށް، މަޝްވަރާކޮށް ހަދަމެވެ. އެކުގައި ވިޔަފާރި ކުރަން ގޮސް، އެކަކު އަނެކަކަށް ކާއެެއްޗެހި ފޮނުވާ، އެހީތެރިވެސް ވަމެވެ.

އަހަރެންގެ ފިރިމީހާ ދެ އަނތްބަށް ކައިވެންޏެއް ކޮށްގެން އަހަންނަކަށް އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، ވީ އިތުރެވެ."

Ads by HDC
  1. ާާރާއްޖެތެރޭމީހާ

    މިހާރުު އުޅޭގިނަައަންހެނުންް ބޭނުމެއްނުވާނެ

  2. ހާލަތު

    މިހާރުު އުޅޭޭ ގިނަފިރިހެނުންނަށްް ތިހާރަގަޅަށްް ކަންތަކެއްވެސްް ނުކޮށްދެވެެ…. ގިނަފަހަރަށްް އެއްއަނބިި މީހާއަށްވެސްް ވަގުތހުު ނުދެވެެ… ވަފާތެރިި ނުވެވެ

  3. ދިވެހިކޮއި

    ދަރުމަވާނެ އިޝްތިހާރުނުކޮށް ނަބިއްޔާގެ ސުންނަތް ތަކުތެރޭން ތިމާގެ އެދުންވެރިކަމަށް އެންމެފައިދާހުރި ސުންނަތެއް ޚިޔާރުކުރައްވާފަވެސް މަތަވެގެން ތިބެވޭތޯބަލާބަ. ޢެ ކަން އިސާހިތަކު މިއުންމަތުގެ ފަރުޟުތަކުތެރޭގަވެސް ހިމެނިދާނެކަހަލަ.

  4. ޙަބީބު.

    މީވަރައް އުފާވެރި ލުއިފަސޭހަ ދިރިއުޅުމަކައްވާނެ އެއްދުވަހު އެއްއަނބި އަނެއްދުވަހު އަނެއް އަނބި ކައްކާ އެކުގަކައި ދިވެހި އަންހެނުންނައް ވިސްނޭނީ ކޮންއިރަކުންބާ