ދުނިޔެ

އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ޖަހާނީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް- އިންޑިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބާރު ދުވެލީގައި ކޮވިޑް-19  ވެކްސިން  ދުނިޔޭގެ  އެކި ކަންކޮޅު ތަކަށް ފޮނުވުމުގެ މަސައްކަތް  ކުރަމުން  ދާއިރު، އިންޑިޔާއަށް މި ވެކްސިން  ލިބުމާއެކު އެންމެ ފުރަތަމަ ދޭނީ ފްރޮންޓްލައިންގައި  މަސައްކަތް ކުރާ މީހުންނަށް ކަމަށް އިންޑިއާ  ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔޫނިއަން ހެލްތް ސެކްރެޓަރީގެ ފަރާތުން ވާހަކަ  ދައްކަވަމުން ރާޖޭސް ބޫޝާން ބުނީ އިންޑިޔާއިން އެންމެ ފުރަތަމަ މި ވެކްސިން ދެވޭނީ  ފްރޮންޓްލައިންގައި މަސައްކަތްކުރަމުންދާ  ގާތްގަނޑަކަށް 30 މިލިއަން މީހުންނަށް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަތް މިލިޔަން  ޑޮކްޓަރުންނާއި ނަރުހުން އަދި 20 މިލިޔަން  ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ހެލްތް  ވޯރކަރުންނެވެ.

ރާޖޭސް ބޫޝާން ބުނީ ވެކްސިންގެ ފުރަތަމަ ބުރު އިންޑިޔާއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ  ކަމަށާއި ވެކްސިން ގެނައުމަށް ޝެޑިއުލް ކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީއާއި ޖުލައި މަހާއި  ދެމެދުގައި ކަމަށެވެ.

މިދިޔަ ހަފްތާގައި ރައްޔިތުންނާ މުޙާތަބު ކުރަމުން ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ވިދާޅުވީ ވެކްސިން ލިބޭ އެންމެ އަވަހަކަށް ރައްޔިތުންނާ ހަމަޔަށް ފޯރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!