ޚަބަރު

ބިދޭސީން ގެންދިޔައީ ބައިތިއްބަށް އެކަށީގެންވާ ތަނަކަށް ނޫން، މާފަށް އެދެން: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކަރަންޓީން ކުރުމަށް ބިދޭސީން ގެންދިޔައީ ބައިތިއްބަށް އެކަށީގެންވާ ތަނަކަށް ނޫން، ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަބްރޫކް އިތުރަށް ވިދާޅުވީ ބިދޭސީން އެތަނަށް ގެންދެވުނީ އެތާގައި ގިނަ ދުވަހު ބައިތިއްބަން ނޫން ކަމަށެވެ.

އަދި އެތަނަކީ އެފަދަ ގޮތަކަށް މީހުން ބައިތިއްބާފަދަ ގެންދަން ހެޔޮވާވަރު ތަނެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"އެތަނަށް ގެންދިޔަ މީހުންގެ ކިބައިން އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން." މަބްރޫކް ވިދާޅުވިއެވެ.

ވިލިވަރަކީ ކުރިން ހަދަމުން ދިޔަ ރިސޯޓެކެވެ. ބިދޭސީން ގެންގޮސް ވިލިވަރުގައި ބޭތިއްބީ އޭރުގައި ކޮންސްޓަރކްޝަން ގައި ބޭނުން ކުރި ތަނެކެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!