Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ދިވެއްސަކު އެކްސިޑެންޓެއްގައި އަނިޔާވެ އައިސީޔޫގައި

ޕިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ދިވެއްސަކު އެކްސިޑެންޓެއްގައި އަނިޔާވެ އައިސީޔޫގައި
ފިލިޕީންސްގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރަކު އެކްސިޑެންޓުވެ، ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. އެނގިފައިވާ ގޮތުގައި އުމުރުން 21 އަހަރުގެ ލުހެއިމް އަހުމަދަކީ ޕައިލަޓް ތަމްރީނު ކޯހެއް ފުރިހަމަކުރަމުން އަންނަ ދަރިވަރެކެވެ. އެ ކޯހުގެ ބޮޑު ބައެއް އޭނާ ވަނީ ފުރިހަމަ ވެސް ކޮށްފައެވެ. ލުހައިމް އެކްސިޑެންޓުވީ އޭނާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އިތުރު ސައިކަލެއްގައި ޖެހި ވެއްޓިގެންނެވެ. އެކްސިޑެންޓަށް ފަހު، އޭނާ ހޭނާރާ އިރު، ދެ ފައި ބިންދައިގެން ގޮސް ހަށިގަނޑުގެ ބައެއް ތަންތަނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި އެކްސިޑެންޓާ ގުޅިގެން އާއިލާގެ ބައެއް މީހުން ވަނީ އެ ގައުމަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް