މާލޭގެ އެއް ނަންބަރު ޖެޓީ އާއި ރަސްމީ ޖެޓީ ކައިރީގައި މުދާ އަރުވާ ބާލާ ނަމަ، ފިޔަވަޅު އަޅާނެ - ސިޓީ ކައުންސިލް

މާލޭގެ އެއް ނަންބަރު ޖެޓީ އާއި ރަސްމީ ޖެޓީ ކައިރީގައި މުދާ އަރުވާ ބާލާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެއް ނަންބަރު ކައިރީގައި މުދާ ބަރުކޮށްގެން އޮތް ދޯންޏެއްގެ ފޮޓޯއަކާއެކު މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި މުދާ އަރުވާ ބާލަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވާކަމަށެވެ.
އަދި އެއް ނަންބަރު ޖެޓީ އާއި ރަސްމީ ޖެޓީ ކައިރީގައި މުދާ އަރުވާ ބޭލުމަކީ މަނާ ކަމެއް ކަމަށް އެ ޓުވީޓުގައިވެއެވެ.
"އެއްނަންބަރ ޖެޓީ، ރަސްމީ ޖެޓީ ކައިރީ މުދާއަރުވާ ބޭލުމަކީ މަނާ ކަމެއް. އެގޮތަށް އެކަން ކުރާ ފަރާތްތައް ހުއްޓުވާ ފިޔަވަޅު އަޅަމުންދާނެ" ސިޓީ ކައުންސިލްގެ ޓްވީޓުގައި ވިދާޅުވިއެވެ.
މާލޭގައި މުދާ އެރުވުމާއި ބޭލުމަށް ހާއްސަ ކޮށްފައިވާ ތަންތަނުގެ ތެރޭގައި ނޯރތު ހާބަރާއި ޓީ ޖެޓީ ހިމެނެއެވެ.