ބޭންކް އޮފް ސިލޯން ކުރިމަތިން ފޭރެން އުޅުނު ބަޔަކު އަތުލައިގެންފި

ބޭންކް އޮފް ސިލޯން ކުރިމަތިން، ފައިސާ ހިފައިގެން އައި ވެހިކަލަކުން ފޭރެން އުޅުނު ބަޔަކު ބޭންކުގެ ސެކިޔުރިޓީން ހިފަހައްޓައިފިއެވެ.
މިއަދު 11:40 ގައި ބޭންކް އޮފް ސިލޯން ކުރިމަތިން ފޭރެން މަސައްކަތް ކޮށްފައިވަނީ ރޫޓު ފިހާރައިގެ ފައިސާ ހިފައިގެން އައި ވެހިކަލަކުންނެވެ. މި މަންޒަރުތައް ވަނީ ސީސީޓީވީ ކެމެރާއިން ރެކޯޑުކުރެވިފައެވެ. އަދި ސޯޝަލް މީޑިއާގައި މި ވީޑިއޯ މިހާރު ވަނީ އާންމު ވެފައެވެ.
ފޭރެން މަސައްކަތް ކުރި މީހާ ހެލްމެޓު އަޅައިގެން ހުރުމުގެ ސަބަބުން އެމީހާ މާ ބޮޑަށް ފާހަގަ ކުރާކަށް ނޭނގެއެވެ. ޖުމުލަ 4 މީހުން ، ވެހިކަލާ ކައިރިވި މަންޒަރު ވީޑިއޯއިން ފެނުނު ނަމަވެސް، އަތުލައިގަތުމަށް ހަމަލާ ދީފައިވަނީ އެންމެ މީހެކެވެ. އަދި މި 4 މީހުންގެ ތެރެއިން އެކަކު ހުރީ ހެލްމެޓު ނާޅައެވެ. އެހެން ނަމަވެސް މާސްކު އަޅައިގެން ހުރުމުގެ ސަބަބުން ކާކުކަން ފާހަގަ ކުރާކަށް މާބޮޑަކަށް ނޭނގެއެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދުގެ ހެނދުނު 11:47 ގައި ކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.