މި ފޮޓޯއިން އާދަޔާ ޚިލާފު މަންޒަރެއް އެބަ ފެނޭތަ؟ ހާދަހާ ބިރުވެރިއޭ!
މަތީގައި އެވާ ފޮޓޯގައި ބަލާ ބެލުމަށް އެއްވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ފާހަގަ އެއް ނުވެއެވެ. އެހެން ނަމަވެސް ފޮޓޯގެ ހުރިހާ ތާކަށް ވަރަށް ސަމާލުކަމާއިއެކު ބަލައިފި މީހަކަށް މިކަން ފާހަގަ ވާނެކަން ޔަގީނެވެ. އެހާމެ ބިރުވެރިއެވެ. ހަގީގަތް އެނގުމުން ގައިން ހީބިހި ނަގައިގެން ދެއެވެ.
ފޮޓޯއަށް ޖިންނި އަރައޭ ބައެއް މީހުން ބުނަމުން ގެންދާއިރު އަނެއްބައިމީހުން ބުނަމުން ގެންދަނީ ޖިންނީންނަކީ ފޮޓޯއަށް އަރާ ބައެއް ނޫން ކަމަށެވެ. މީގައި ހަގީގަތަކީ ކޮބައިކަމެއް ޚުދު އަޅުގަނޑަކަށް ވެސް ނޭނގެއެވެ. އަދި މި ފޮޓޯގައި އެވަނީ ހަމަ ހަގީގަތުގައި ވެސް ޖިންނިއެއްތޯ ބުނަން ނޭނގުނަސް ހަގީގަތުގައި މި ފޮޓޯ ވަރަށް ވެސް ބިރުވެރިއެވެ.
ކައިވެނި ޕާޓީއަކަށް ގޮސްތިބި ހަތަރު ރައްޓެހިންގެ ފޮޓޯއަކަށް އަރާ އިން ޖިންނި ނުފެނުނު ހެއްޔެވެ؟ ފޮޓޯގެ ކަނާތް ފަރާތުގައި ،ކަޅުކުލައިގެ ސޫޓެއް ލައިގެން ހުރި މީހާގެ ބޫޓުކައިރިން ހުދު ކުލައިގެ ތަންކޮޅެއް އެބަ ފެނޭ ހެއްޔެވެ؟ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އެ އެކަންޏެއް ނޫނެވެ. ހަމަ އެމީހާގެ ކަނާތު ފައިން ފެށިގެން މަޑުމަޑުން މައްޗަށް ބަލަން ފަށާށެވެ. ދެން ފެންނާނީ ވަރަށް ބޮޑުކޮށްލާފައި ހުރި ލޮލެކެވެ.
އެހިސާބުން ހަމަ ގައިމުވެސް ހީބިހި ނަގާނެކަން ގައިމެވެ. ހަގީގަތުގައި ވެސް ޖިންނީންނަކީ ފޮޓޯއަށް އަރާ ބަޔަކީ ބާވައެވެ؟
ލިޔާނެެ އެއްޗެއްނަތިއްޔާާ އަތުގަހުރިި އެއްޗެހިި ފޮޓޯނަގާފަަ އޭގެެ ވާހަކަަ ލިޔަންް ވީނު
ނުފެނުނު ތިޔެއް. މަށަކަށް ޖިންނި އެވެއިލެބެލް އެއް ނޫން.
އެއީމީހެއްގެ ބޫޓު
މޮޔަ ލިޔުން
އަތުގަ ހުރި ތަކެތި ކަމަކު ނުދާނެ
އެއީ އޭނަ ފުރަގަހުގަ ހުރި ކުޑަކުއްޖެއް….