Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގުޅީ ކައުންސިލް ރައީސް އެމްޑީޕީއަށް ސޮއިކޮށްފި

ގުޅީ ކައުންސިލް ރައީސް އެމްޑީޕީއަށް ސޮއިކޮށްފި

ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.

އޭނާ އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް ސާލިހު މިހާރު އެ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ސާފިލް އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއެވެ.

Advertisement
Ooredoo — Square (box)

އަންނަ ހޮނިހިރު ދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނަށް ރައީސް ސާލިހު މިއަދުވަނީ ގުރައިދޫ ދާއިރާއަށް ދަތުރުފުޅު ފައްޓަވާފައެވެ. ގުޅި، ގުރައިދޫ އަދި މާފުއްޓަށް ރައީސް ސާލިހު ކުރައްވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ގުޅިއަށެވެ.

ރައީސް ސާލިހުއާއެކު ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

އެޕްރިލްމަހުގެ 15 ވަނަ ދުވަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވަނީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ފާއިތުވި ފެބްރުއަރީމަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް