ކޮވިޑް-19: ހަދަމުންދާ ރިސޯޓަކުން 63 މީހަކު ފައްސިވެއްޖެ
ރާއްޖޭގައި ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ 63 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑަށް ފައްސިވީ ރ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކުޑަކުރަތުގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެރަށުން މިހާތަނަށް 89 ސާމްޕަލް ނަގާފައިވާއިރު ޖުމްލަ 63 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 52 މީހަކު ފައްސިވެފައި ވަނީ މިއަދުއެވެ. އަދި ދެން ތިބި 11 މީހުން ފައްސިވެފައި ވަނީ މި މަހުގެ 21 އާއި 23 އާ ދޭތެރޭގައެވެ.
މި ރަށުން ފައްސިވި މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ބ.އޭދަފުށީ ކޮވިޑް ފެސިލިޓީގައެވެ.
Ads by Allied Insurance