ޚަބަރު

ޝާހު މަރުވީ ހާޓް އެޓޭކެއް ޖެހިގެން: ހޮސްޕިޓަލް

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

މަހަށް ގޮސް ހުއްޓާ ޝާހް މަރުވީ ރޭގައެވެ. އެންމެ ފުރަތަމަ ޝާހުގެ ހަށިގަނޑު ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.

އަވަސް ނޫހަށް މައުލޫމާތު ދެމުން އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު މިއަދު ވިދާޅުވީ ޝާހު މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޝާހު މަރުވި އިރު އަނބިމީހާ، ޒިޔާދާ ރޭޕް ކުރިކަން ސާބިތުވެ ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމެވެސް އެ ހުކުމް އިއްވި އިރު ޝާހް ހުރީ ބަންދުގެ މުއްދަތު ގުނަމުން ގޮސް ވީއްލި މިނިވަންވެފައެވެ.

ޝާހުގެ  ޖަނާޒާ  އޮތީ  މިއަދުގެ  މެންދުރު  ފަހުގެ  ވަގުތެއްގައި  އޭނާގެ  އުފަން  ރަށް  ގދ.ތިނަދޫގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!