ދީން

''ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ﷲއަށް ދަންނަވާށެވެ." ސިލްސިލާ ދަރުސް ''ދެން'' އިން

ދެން އެމްވީ ، ދެން އޮންލައިން

"اصبروا و ادعوا الله"މި
މައުޟޫއުގެ ދަށުން ސިލްސިލާ ދަރުސްތަކެއް މި ރޯދަމަހުގައި ގެނެސް ދިނުމަށް މި ނޫހުން ތައްޔާރުވެއްޖެއެވެ.

Ads by MWSC

ބަރަކާތްތެރި ރަމަޟާން މަސް މިއަހަރު މި ބައްދަލު ކުރީ ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވި ދަތި ޙާލަތުގައި ކަމަށްވެފައި އަދި އެންމެން ތިބެން ޖެހިފައި މިވަނީ ގޭގައި ކަމަށްވުމާއެކު ''ދެން'' އިން ދަރުސް ގެނެސްދޭނީ ފޭސްބުކް ޕޭޖުންނެވެ. ލައިވްކޮށް ގެނެސްދޭ މި ދަރުސްތަކަށް މި މައުޟޫއު ކަނޑައަޅާފައިވަނީ ޙާލަތާއި ގުޅިގެން އާންމުންނަށް ބޭނުންވާ ދީނީ އިރުޝާދުތައް ދިނުމަށެވެ.

''ދެން''ގެ މި ދަރުސްތައް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އެކި ދުވަހު އެކި ގަޑިތަކުގައެވެ. ގިނަ ޝައިޚުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މި ސިލްސިލާގެ ފުރަތަމަ ދަރުސް މާދަމާ މެންދުރު 1 ޖަހާއިރު އޮންނާނެއެވެ. ދަރުސް ދެއްވާނީ އައްޝައިޚް އިލްޔާސް ޙުސައިންއެވެ.

''ދެން'' އިން ވަނީ "މިޙާލަތުގައި ރަމަޟާންމަހުގެ ބަރަކާތް ޙާޞިލް ކުރާނީ ކިހިނެއް؟'' މި މައުޟޫއު އަށް ވެސް ދަރުހެއް ގެނެސްދީފައެވެ. އެ ދަރުސް ދެއްވީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!