ދީން

މުސްލިމުންގެ ކިބައިގައި ހުރުމަށް މާތް ﷲ ލޯބިވެ ވޮޑިގެންވާކަން ބަލިކަށިކަމެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ އައްޝެއިޚް މުޙައްމަދު ކުތުބު، ދެއްވެވި ދަރުހެއްގެ ތަރުޖަމާއެކެވެ.

Ads by MWSC

"ތިމާގެ ކިބައިގައި މިބަލިކަށިކަން ހުރުމުން، ތިމާ ދެކެ މާތް ﷲ سُبْحَانَهُ وَتَعَالَى ލޯބިވެ ވޮޑިގަންނަވާކަން އެނގޭ ހެއްޔެވެ؟

ނަމަވެސް ތިބާ ބުނާނީ އެހެން ނުވާނެ ކަމަށާއި މާތް ﷲ سُبْحَانَهُ وَتَعَالَى ލޯބިވެ ވޮޑިގަންނަވާނީ ބަލިކަށި ނޫން ފަރާތްތައް ދެކެ ކަމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގަންނަވާނީ އީމާންތެރިކަން ވަރުގަދަ މުސްލިމުން ދެކެ ކަމަށެވެ. ތިއީ ތެދެކެވެ.

ނަމަވެސް ބައެއް މުސްލިމުންގެ ކިބައިގައި ބަލިކަށިކަމެއް ވެއެވެ. އަދި އެބަލިކަށިކަމަކީ މާތް ﷲ سُبْحَانَهُ وَتَعَالَى ނުހަނު ލޯބިވެ ވޮޑިގަންނަވާ ބަލިކަށިކަމެކެވެ.

އެބަލިކަށިކަމަކީ ތިބާގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އޯގާތެރިވެ ކަމޭހިތުމެވެ.

އަނެކާގެ މައްޗަށް ބޮޑާވެ މަތިވެރި ނުވެ، އެކަކު އަނެކަކާއި މުޚާތަބް ކުރާއިރު (އެއީ ތިމާއަށް ވުރެ ހަގު، ނުވަތަ މަގާމުގެ ގޮތުން ތިމާއަށް ވުރެ ދަށް މީހެއް ކަމުގައިވީ ނަމަވެސް) މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު މުޚާތަބް ކުރަން އާދަވުމަކީ މާތް سُبْحَانَهُ وَتَعَالَى ނުހަނު ލޯބިވެ ވޮޑިގެންވާ ކަމެކެވެ.

ތިމާގެ އަޚުންނާއި އުޚްތުންގެ ކުރިމަތީގައި ތިމާއަކީ އަބަދުމެ މާ މަތީ ނުވަތަ ބޮޑު މީހެއް ކަމުގައި ވެގެން ހުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ކޮންމެވެސް ވަރަކަށް ބަލިކަށިވެ، އޯގާތެރިވުމަކީ ހުއްދަ ކުރައްވާފައިވާ ކަމެކެވެ.

އެމީހުންނަކީ ވެސް ތިމާއަށް ޚިޔާލެއް ދެވޭނެފަދަ ބައެއް ކަމުގައި ދެކޭށެވެ. ބަލިކަށިވުމުގެ މާނައަކީ މިއީއެވެ. އެއްވެސް ހާލެއްގައި އެއީ ތިމާގެ ނަފްސު ބަލިކަށި ކޮށްލައި އަގު ވެއްޓުމެއް ނޫނެވެ.

ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންނާ މެދު ތިމާ އަބަދުވެސް ކަމޭހިތަން ވާނީ ނުހަނު އޯގާތެރިކަމާ އެކުގައެވެ.

މުސްލިމުންގެ އީމާންތެރިކަން އަންނަނީ ކެތްތެރިކަމާ ވެސް އެކުގައެވެ. އެހެންކަމުން މުސްލިމު އަޚުންނާއި އުޚްތުން އެކަކު އަނެކަކާ އެކު އަބަދުވެސް ކެތްތެރިވާން ވާނެއެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!