ޚަބަރު

ބީއޯސީ ކައިރިން ފޭރެން އުޅުނު މީހުން ޖެހީ ޕެޕަރ ސްޕްރޭއެއް ނޫން، ބޮޑީ ސްޕްރޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ މެންދުރެއްހާއިރު "ރޫޓް" އިން އޮފް ސިލޯން (ބީއޯސީ) އަށް ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން މަސައްކަތް ކުރި މީހުން ކުންފުނީގެ މުވައްޒަފުގެ ލޮލަށް ޖަހާފައި ވަނީ ޕެޕަރ ސްޕްރޭ ނޫން ކަމަށާއި، އެމީހުން ޖެހީ ބޮޑީ ސްޕްރޭ ކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by MWSC

އިއްޔެ 11:40 ހާއިރު ހިނގި މިހާދިސާގެ ސީސީޓީވީ ފުޓޭޖެއް މީސްމީޑިއާގައި ވަނީ ދައުރު ވެފައެވެ. އޭގެން ފެންނަނީ ވޭނެއް ގޮސް ބީއޯސީ ކައިރިއަށް މަޑުކޮށްލާ ތަނުން ދެ ސައިކަލެއްގައި ތިބި ބަޔަކު ގޮސް ވޭނުން ބާލަން އުޅުނު ފޮށިގަނޑު ފޭރި ގަންނަން މަސައްކަތް ކުރާ މަންޒަރެވެ. ފޭރެން މަސައްކަތް ކުރި މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓް އަޅާފައެވެ.

ވޭން ކައިރި ހުރި މީހަކަށް ހަމަލާ ދިނުމަށް ފަހު ވޭން ތެރޭގައި އިން އަންހެން ކުއްޖަކު ނެރެ، ފައިސާ ފޮށިގަނޑު ވެސް ނެރެއެވެ. އަދި އެ އަންހެން މީހާއާ ދިމާއަށް އެއްޗެއް ސްޕްރޭ ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފޮށިގަނޑު ފޭރިގަންނަން މަސައްކަތްކުރި ނަމަވެސް ބީއޯސީގެ ސެކިއުރިޓީ ގާޑު އެމީހުންގެ އަތުން ފޮށިގަނޑު އަތުލާ މަންޒަރު ފުޓޭޖުން ފެނެއެވެ.

މިހާދިސާއާ ގުޅިގެން ފެތުރުނު އަޑަކީ އެމީހުން ޖެހީ ޕެޕަރ ސްޕްރޭ ކަމަށެވެ.

ނަމަވެސް "ރާއްޖެއެމްވީ" އިން ބުނެފައިވަނީ ފޭރެން އުޅުނު މީހުން މުވައްޒަފުގެ ލޮލަށް ޖެހީ ޕެޕަރ ސްޕްރޭ ނޫން ކަމަށާއި، އެއީ އާދައިގެ ބޮޑީ ސްޕްރޭއެއް ކަމަށް ރޫޓްގެ އިސް ބޭފުޅަކު އެނޫހަށް ވިދާޅުވި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!