ދުނިޔެ

މުސްލިމުންނާމެދު ފުރާންސްގައި އުފެދެމުންދާ ނަފުރަތު: ޢަރަބިން ވާހަކަ ދައްކާތީ ދެމީހަކަށް އަނިޔާ ކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޢަރަބިން ވާހަކަ ދައްކާތީ ޖޯޑަންގެ ދެމީހެއްގެ ގައިގައި ތަޅައިގަނެ އަނިޔާ ކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށް ޕެރިސްގެ ބޭރުގައިވާ ކުޑަ ސިޓީއެއްގައި މި ހާދިސާ ހިނގާފައި މި ހަފްތާގައެވެ. އަނިޔާ ލިބިފައި ވަނީ މުޙައްމަދު އަބޫ ޢީދު ކިޔާ މީހަކާއި އޭނާގެ އަންހެން ކޮއްކޮއަކަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން ޢަރަބިން ވާހަކަ ދައްކާ އަޑު އިވިގެން ، ބަޔަކު މީހުން އައިސް އެމީހުންނާ ދިމާ ކުރި ކަމަށެވެ. އެގޮތުން އެމީހުންނާ މުޚާތަބުކޮށް މިއީ ކަލޭމެންގެ ގައުމެއް ނޫނޭ ބުނެ ، އައިސް ހަމަލާ ދިން ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޖޯޑަންގެ ރަސްގެފާނު ޢަބުދުﷲ ވަނީ އަނިޔާ ލިބުނު ދެމީހުންނަށް ގުޅުއްވާ އެމީހުންގެ ޙާލު ބަލާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަނިޔާ ލިބުނު މުޙައްމަަދު އަބޫއަކީ ފްރާންސްގެ ސަރުކާރު ސުކޫލެއްގައި ޢަރަބި ބަސް ކިޔަވައިދޭ މުދައްރިސެކެވެ. އަދި އޭނާގެ ކޮއްކޮ ހިބާއަކީ ސްކޮލަރޝިޕެއްގައި އެގައުމުގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރެކެވެ.

ފުރާންސުން ދަނީ މުސްލިމުންނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުންނެވެ. އެގޮތުން އިސްލާމްދީނަކީ ޓެރަރިޒަމްގެ އަސްލު ކަމުގައި ތުހުމަތުކޮށް ފްރާންސްގެ ރައީސް އިމޭނުއަލް މެކްރޯން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މި ވާހަކަތަކަށްފަހު އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ލިބޭ އަނިޔާތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެސް މޫނު ބުރުގާ އަޅައިގެން ތިބި ދެ އަންހެނަކަށް އެފިލް ޓަވަރ ކައިރިން އަނިޔާ ކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!