ލައިފްސްޓައިލް

ޖަނަވާރުންނަށް ވެސް ޖިންސީ އަނިޔާ ކުރާ މައްސަލަތައް އިންޑިއާގައި އިތުރުވަނީ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާގެ މުމްބާއީގައި އަންހެން ކުއްތާއަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ބަލަމުން އެބަދެއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި ކުއްތާއަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތި ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޖަނަވާރުންތަކަށް އާންމުކޮށް ކާންދޭ މީހަކު އެ ދުވަހު ކާންދޭން ދިޔައިރު ކުއްތާގެ ޖިންސީ ގުނަވަނުން ލޭ ފައިބާތަން ފެނުނު ކަމަށާއި އެހެންކަމުން ފަރުވާ ދިނުމަށް ވަގުތުން ގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި އެ ކުއްތާގެ ކުރިމަތި ފަރާތުން 11 އިންޗީގެ ދަނޑިގަނޑެއް ވަނީ ނަގާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަދި ސީސީޓީވީގެ ފުޓޭޖްގެ އެހީގައި އެ އަމަލު ހިންގި މީހެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަނަވާރުންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަ ވެސް އެގައުމުގައި ދަނީ އިތުރު ވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!