ލައިފްސްޓައިލް

މަސް ބާނަން އުޅެނިކޮށް ބޭނުނީ ކިނބުލެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ހަމަ ޔަގީނުން ވެސް އެއްވެސް މަސްވެރިއަކު ނޫނީ މަސްވެރިކަމަށް ލޯބިކުރާ މީހެއް ވެސް ބާނަން ބޭނުންވާނެ އެއްޗެއް ނޫނެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ނޮދަރން ޓްރިޓޮރީ އަށް މަސްބާނަން މިދިޔަ ހޯމަ ދުވަހު ދިޔަ މިމީހާއަށް ބޭނުނު އެތި ފެނިގެން ލިބުނީ ކުއްލި ސިހުމެކެވެ.

ޓްރެންޓް ޑީ ނަމަކަށް ކިޔާ މި ފިރިހެން މީހާ ކެތަރިން އަވަށުގެ މަޝްހޫރު މަސްބާނާ ސްޕޮޓަކަށް ދިޔައީ އޭނަގެ އާއިލާއާއެކު ގައެވެ.

ޓްރެންޓް ވަނީ މަސް ބާނަން ގޮސް އޭނާއަށް އެދުވަހު ކުރެވުނު ތަޖުރިބާ ވީޑިއޯ ކޮށްފައެވެ. އެވީޑިއޯ އިން ފެންނަނީ މަސް ބާނަން ނަނު އެއްލައިގެން ހުއްޓާ، ނަނަށް ވާންވާ މަންޒަރެވެ. ޓްރެންޓް އަވަހަށް ނަނަށް ދަމާ ނެގިއިރު، އޭނާއަށް ބޭނުނީ މަހެއް ނޫނެވެ. ކިނބުލެކެވެ.

ޓްރެންޓް މަސައްކަތް ކުރީ ނަނަށް ދަމައިގެން ވިޔަސް ކިނބުލުގެ އަނގައިން ބުޅި ނެއްޓޭތޯއެވެ. ނަމަވެސް ކިނބޫ އެނަނުން ދޫނުކުރަން ގަދަ ހަދައެވެ.

އެންމެ ފަހުން ޓްރެންޓަށް ޖެހުނީ އެހެން މީހުންގެ ސަލާމަތަށް ވިސްނާފައި ވެސް އެނަނު ދޫކޮށްލާށެވެ.

މިވީޑިއޯ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!