މި އަހަރުގެ މިހާތަނަށް ދައުލަތަށް 11ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވޭ

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ހިސާބުތައް ދައްކާ ގޮތުގައި 23 ޕަސެންޓު އާމްދަނީ ޓެކްސް ނޫން އާމްދަނީ އިން ލިބިފައިވާއިރު 77 ޕަސެންޓު އާމްދަނީ ލިބިފައި ވަނީ ޓެކުހުންނެވެ.
ޖުމްލަ 8.4 ބިިލިއަން ރުފިޔާ ލިބިފައިވަނީ ޓެކުހުގެ ގޮތުގައެވެ. އަދި ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު ޓެކުހުގެ ގޮތުގެ 13.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ރެވެނިއުގެ ގޮތުގައި ފަސް ބިލިއަން ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.