ޚަބަރު

ކުރިޔަށް އޮތް 24 ގަޑިއިރު މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ : މެޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޯލްޑިވިްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު މެދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ކުރިޔަށް އޮއި 24 ގަޑި އިރު ވައި ޖެހޭނީ 5-15 މޭލުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެދު ރާއްޖެތެރެއަށް މޫސުން ގޯސްވި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މިއަދާއި މާދަމާ ވެސް މޫސުން ރަނގަޅު ވާނެއެވެ.

މިއަދު މާލެއަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!