ކޮވިޑް-19: ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން ނަގައިފި

ކޮވިޑް-19 ފެތުރުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ލާފައިވާ ހދ. ކުޅުދުއްފުށި، އެހާލަތުން ނަގައިފިއެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަން އެޗްއީއޯސީއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން ނަގާފައި މިވަނީ އެރަށު މިހާތަނަށް ޓެސްޓުކުރެވުނު 380 ރެންޑަމް ސާމްޕަލްގެ ނަތީޖާވެސް ނައްސި ވުމުން ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.
އެރަށް މޮނިޓަރިންގަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ކުޅުދުއްފުށި މޮނިޓަރިންއިން ނަގާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.