Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

މާލޭގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ބަލަނީ

މާލޭގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ބަލަނީ
މާލޭގެ ގެއެއްގައި އޮޅުކޮށްގެން އޮސްޓްރިޗެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފިއެވެ. އޮސްޓްރިޗަކާއެކު މީހަކު ނަގާފައިވާ ފޮޓޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެ ފޮޓޯގައި ފެންނަ ދޫނީގައި ފަސް ވަރަކަށް ފޫޓު ހުންނާނެއެވެ.އެމީހާ ވަނީ އެ ދޫނި ގެންގުޅުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަވެސް އާންމުކޮށްފައެވެ. މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން މީޑިއާގައި ވިދާޅުވީ އެ ދޫނި ގެންގުޅުމުގެ ހުއްދަ ދީފައިވަނީ ދޫނި ފާމެއްގައި ކަމަށެވެ. އެ ދޫނި ގޭގައި ގެންގުޅެން މިނިސްޓްރީން ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ ރާއްޖޭގައި އޮސްޓްރިޗް ގެންގުޅުމަށް ހުއްދަ ދޫކޮށްފައި ވާނެކަމަށާއި އެ ހުއްދަ ދީފައިވާނީ ޕޯލްޓްރީ ފާމަކަށް؛ ގޭގައި އޮޅުކޮށްގެން ގެންގުޅޭކަށް ނޫން ކަމަށެވެ ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއިން ފެންނަނީ އެ ހުއްދައިގެ ދަށުން ގެންގުޅޭ ދޫންޏެއްތޯ ބަލަމުން އަންނަކަމަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް