މުނިފޫހިފިލުވުން

ރިއާ އަށްފަހު ދެން އެންސީބީން ޖަލަށްލާނީ ދީޕިކާގެ މެނޭޖަރުތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގުން ފެންމަތިވީ އަނެއް މަައްސަލައަކީ އޭނާ ގިނަ އަދަދަކަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ މައްސަލައެވެ.

Ads by MWSC

ްެއެގޮތުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވެސް މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރިކަން ވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ތަހުގީގުން ހާމަވުމުން އޭނާ ވަނީ މިދިޔަ މަހު ހައްޔަރުކޮށް 23 ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައެވެ.

ރިއާ އަށް ޖަލުން ސަލާމަތް ވެވުނީ ކަފާލާތުގެ ދަށުންނެވެ.

ނަމަވެސް ރިއާ ހައްޔަރުކުރުމުން ދެން ފެންމަތިވީ ބޮލީވުޑްގެ އެހެން ބައިވަރު ތަރިންތަކެއް ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އުޅޭ ކަމެވެ. އެގޮތުން ރިއާ ބުނީ އެކްޓްރެސް ސާރާ އަލީޚާނާއި، ޝްރައްދާ ކަޕޫރާއި ރަކުލްޕްރީތު ސިންގް ވެސް އެކަމުގައި ސުޝާންތާއިއެކު ބަައިވެެރިވި ކަމަށެވެ.

މީގެ އިތުރުން މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން ވެސް ވަނީ އެންސީބީއަށް ތަހުގީގަށް ހާޒިރު ކޮށްފައެވެ. ދީޕިކާ ޙާޒިރުކުރީ އޭނާގެ މެނޭޖަރު އަތުން މަސްތުވާތަކެތި ހޯދަން، އަހާފައިވާ ޗެޓުލޮގްތަކެއް ފެންމަތިވުމުންނެވެ.

މިމައްސަލައިގެ ތަހުގީގަށް އެހުރިހާ އެކްޓަރުން ވެސް އެންސީބީ އަށް ހާޒިރު ކޮށްފައިވާއިރު، މިއަދު އެންސީބީން ވަނީ ދީޕިކާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްގެ ގެ ބަލައި ފާސްކޮށްފައެވެ. އަދި އެގެއިން ކެނަބިސް އޮއިލް އާއި ޗަރަސް ވެސް ފެނިފައިވާ ކަމަށް އެންސީބީން ހާމަ ކޮށްފައިވެއެވެ.

ކަރިޝްމާގެ ގެއިން މިތަކެތި ފެނުމުން، ދެވަނަ ސުވާލު ކުރުމަކަށް ވަރަށް އަވަހަށް އޭނާއަށް އަންގާނެ ކަމަށް އެންސީބީން ވަނީ އަންގާފައެވެ. ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ރިއާ ފަދައިން އެންސީބީން ކަރިޝްމާ ވެސް ދެން ހައްޔަރު ކުރާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!