ބޭރު ދުނިޔެ

އިންޑިއާގެ ހެޑްލައިން: ރާއްޖެ މަތިން ހަނދާން ނައްތާލާ، މިހާރު އިންޑިއާއިން ވެސް ސީޕްލޭންގައި ދަތުރު ކުރެވޭނެ

އާއްމުގޮތެއްގައި ސީޕްލޭންގެ ޚިދުމަތްތައް ރާއްޖެއިން އެކަނި ދިން ކަމުގައި ވިޔަސް އެކަން ވަރަށް އަވަހަށް ބަދަލުވާނެ ކަމަށާއި، އިންޑިއާ ގައި ވެސް ސީޕްލޭންގެ ޚިދުމަތްތައް ދޭން ފަށަން އުޅޭ ކަމަށް އެޤައުމުން ބުނެފިއެވެ.

އެޤައުމުގެ ނޫހަކުން ބުނެފައިވަނީ 16 ސަރަޙައްދެއްގައި ސީޕްލޭންގެ ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ސީޕްލޭން ނައްޓާލާނީ މިމަހުގެ 31 ވަނަ ދުވަހު، ސަބަރްމަތީ ކޯރުން ގުޖްރާތުގައި ހުންނަ "ސްތޭޗޫ އޮފް ލިބަޓީ" އަށް ކަމަށެވެ.

އިންޑިއާ ގައި ދުއްވަން ގަސްތުކޮށްފައިވާ ސީޕްލޭނުތައް ގެންނަ ޤައުމުތައް އެރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ދަތުރު ކުރަން ހަމަޖެހިފައިވަނީ، "މޯލްޑިވިއަން" ގެ ފްލައިޓެއްކަން އެނގިފައިވެއެވެ. ނަމަވެސް އެއީ ޗާޓަރ ކޮށްފައިވާ ފްލައިޓެކެވެ.

އިންޑިއާ ގައި ވެސް ސީޕްލޭންގ ޚިދުމަތް ދޭން ނިންމީ ޔޫޑީއޭއެން ގެ އިސްނެގުމުގެ މަތިން ކަމަށް ވެސް ބުނެފައިވެއެވެ. މިއީ އެޤައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ނިންމި ގޮތެއް ކަމުގައި ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޔޫޑީއޭއެން އަކީ އިންޑިއާ ސަރުކާރުން ފަށާފައިވާ ސްކީމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!