ޚަބަރު

އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރެޓިކްކޮށް ދެފުށް ފެންނަ ގޮތަށް ހިންގުން: ރައީސް ނަޝީދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކުޅިވަރު މުއައްސަސާތައް ޑިމޮކްރެޓިކްކޮށް ދެފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމުގައި، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަަޝީދު މިހެން ވިދާޅުވެފައިި ވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފު ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އެކަމާ ގުޅިގެންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވަނީ ހަސަން ލަތީފުގެ މި ބިލަށް ތާއީދު ކުރައްވާކަން ވެސް ހާމަ ކުރައްވާފައެވެ. އަދި ކުޅިވަރު މުއައްސަސާތަށް ޑިމޮކްރެޓިކް އުސޫލުން ދެފުށް ފެންނަ އުސޫލެއްގެ ދަށުން ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށްވެސް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން މުހިއްމު ކަމަށާއި ހަސަން ލަތީފުގެ މި ބިލުން އެ އެކަން ހާސިލުވެގެން ދާނެ ކަމުގައި ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކުޅިވަރުގެ ގާނޫނަށް ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހުގައި ކުޅިވަރު މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރެޓިކްކޮށް، ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމު ކުރުން ހިމަނުއްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!