އެމެރިކާގެ ރިޔާސީ އިންތިހާބު ފެށެން ފަސް ދުވަސް، ޕޯލް ތަކުގެ ނަތީޖާ ދައްކަނީ ޓްރަމްޕާ ދެކޮޅަށް!

އެމެރިކާގެ ރިޔާސީ އިންތިހާބު ފެށެން އެންމެ ފަސް ދުވަހަށް ވެފައިވާއިރު، ސިޔާސީ ޕޯލްތަކުގެ ނަތީޖާ ދައްކަނީ ރިޔާސީ ކެންޑިޑޭޓް ޖޯއި ބައިޑެން ކުރި ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު އަދިވެސް ތިބީ 2016 ވަނަ އަހަރު ވެސް ޕޯލްތަކުގެ ނަތީޖާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް އައިސްފައިވާއިރު ވެސް، ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލުވުމުން އެކަމުގެ މާޔޫސް ކަމުގައެވެ.
އެގޮތުން ޔުނިވާސިޓީ އޮފް މެރީލޭންޑްގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެއް ކަމަށްވާ ޝިބްލޭ ޓެލްހާމީ ބުނީ 2016 ވަނަ އަހަރުގެ "އެހާދިސާ" އަދިވެސް ހަނދާނުގައި ނެތްނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ބައިޑެން ކަމާމެދު އާންމުންގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބޭނެ ފަރާތެއް ހޯދުމަށް އެޤައުމުގެ ސަރުކާރުން ސާވޭ ހަދާފައި ވަނީ، މީހުންނަށް ފޯނު ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް އެސާވޭ ނުހެދީ، ނަތީޖާއަށް އެއްވެސް ކަހަލަ ބަދަލެއް އައިސްދާނެތީ ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.