ގެއެއްގައި ކުއްޔަށް އުޅުނު މީހަކު އެގޭގެ ވެރިފަރާތުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ހުޅުމާލޭ ގެއެއްގައި ކުއްޔަށް އުޅުނު މީހަކު އެގޭގެ ވެރިފަރާތުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި އެއަންހެން ކުއްޖާގެ ޢާއިލާގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން ބުނީ އެގޭގައި ކުއްޔަށް އުޅުނު އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
މިކަމުގެ ރިޕޯޓު އާއިލާއިން ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވަނީ މިއަދު އިރުއޮއްސުނު ވަގުތެއްގައި ކަަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ މައުލޫމާތު ދީފައިވެއެވެ.
ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާއަކީ "މިކަމުގެ އެކްސްޕާރޓެއް (ތަޖުރިބާކާރެއް)" އެކުއްޖާ ގާތު ބުނި ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.