ދެން ރެސިޕީ | ޑޯނަޓް
                                                    ބޭނުންވާ ތަކެތި
- 4 ޖޯޑު ފުށް
 - 2 ސައިސަމުސާ ބޭކިން ޕައުޑަރ
 - 2 ބިސް
 - 2/3 ޖޯޑު ކިރު
 - ލޮނު
 - 11/4 ޖޯޑު ހަކުރު
 - 1 ސައި ސަަމުސާ ވެނީލާ އެސެންސް
 - 1/4 ޖޯޑު ބަޓަރ
 - ތެޔޮ
 
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފުށާއި ބޭކިން ޕައުޑަރ އަދި ލޮނު އެއްކޮށްލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ވެނީލާ އެސެންްސް އެއްކޮށްލާށެވެ. ދެން ބަޓަރު ކޮޅު މެލްޓް ކޮށްލާފައި ހުރިހާ ތަކެތި އެއްކޮށް މޮޑެލާށެވެ. އެއްކޮށްލުމަށް ފަހު 2 ގަޑިއިރު ވަންދެން ފުށްގަނޑު ކަވަރ ކޮށްފައި ބަހައްޓާށެވެ. އެއަށްފަހު ޑޯނަޓް ބަށްޓަމަށް ހަދާފައި ތެލުލާށެވެ. އޭރުން އެހުރީ ޑޯނަޓް ތައްޔާރު ވެފައެވެ. ބޭނުންފުޅުވާ ނަމަ ޑޯނަޓުގެ މައްޗަށް ޗޮކްލެޓް ނުވަތަ ސްޕްރިންކަލްސް ފަދަ އެއްޗެއް އެޅިދާނެއެވެ.
  Ads by HDC
 
 
            
                    
            
                    
            
                    
            
                    