ޚަބަރު

ކޮވިޑް-19: ފަތުރުވެރިންނާއި މުވައްޒަފުން އެކަހެރި ކުރުމަށް ރިސޯޓެއް ޚާއްސަ ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިންނާއި އެދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

އެމިނިސްޓްރީން ބުނެފައިވަނީ ކޮވިޑަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނާއި މުވައްޒަފުން އައިސޮލޭޓް އަދި ކަރަންޓީން ކުރާނީ އެރިސޯޓުގައި ކަމަށެވެ.

ފަތުރުވެރިންނާއި މުވައްޒަފުން އެކަހެރި ކުރުމަށް ޚާއްސަ ރިސޯޓެއް ކަނޑައެޅުމަށް ޓަކައި ޝައުޤުވެރިވާ ފަރާތްތަަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިސޯޓުގައި މަދުވެގެން 50 ކޮޓަރި ހުންނަން ޖެހޭނެ ކަމަށާއި، ކ، އއ، އދ ނުވަތަ ވ. އަތޮޅުގެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގަވާއިދުތަކަށް ފެތޭ ރިސޯޓަކަށް ވާންޖެހޭނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އަދި ތިން މަސް ދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިސޯޓް މިނިސްޓްރީއަށް ލިބުމާއެކު ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީނު އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިސޯޓުން ހަމަޖެހޭގޮތަށް ހުންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!