ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެ
މާލެއިން ގެއްލިގެން ރެއިން ފެށިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެއެވެ. މި މީހާ ފެނިފައި ވަނީ މިއަދު ހެނދުނުއެވެ.
ފުލުހުން މިއަދު ވިދާޅުވި ގޮތުގައި ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ މީހާ މިއަދު ހެނދުުނު 08:45 ހާއިރު ވަނީ އަމިއްލަ އަށް ގެއަށް ގޮސްފައެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން، އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެ ރޭ 22:45 ގައެވެ.
Ads by Allied Insurance