ޚަބަރު

މޯލްޑިވިއަންގެ ނިންމުން ބަދަލުކޮށް އަލުން ތިމަރަފުއްޓަށް ދަތުރުތައް ފަށަން ނިންމައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގައުމީ އެއާރލައިން މޯލްޑިވިއަނުން ތިމަރަފުއްޓަށް ކުރަމުންދިޔަ ވައިގެ ދަތުރުތައް ނޮވެމްބަރު މަހާއި ޑިސެމްްބަރު މަހު ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް އެ ދަތުރުތައް އަލުން ފަށަން އެ އެއާލައިނުން ނިންމައިފިއެެވެ.

Ads by Sosun Fihaara

މޯލްޑިވިއަންގެ ދަތުރުތައް ތިމަރަފުއްޓަށް ހުއްޓާލާ އެކަން އައިލެންޑް އޭވިއޭޝަނުން ތިމަރަފުށީ އެއާޕޯޓުގެ މުވައްޒަފުންނަށް ވެސް އެންގިއެވެ. އެ އެންގުމުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ނިޔަލަށް ތިމަރަފުއްޓަށް ދަތުރުކުރުން ހުއްޓާލީ ދަތުރުކުރާ ފަސިންޖަރުން މަދުކަމަށް ބުނެއެވެ.ނަމަވެސް ފާއިތުވެދިޔަ މުއްދަތުގައި ވެސް ތިމަރަފުއްޓަށް އާންމުކޮށް ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. އާންމުކޮށް ދަތުރުތައް ގެންދިޔައީ ޓްރާންސިޓް ކޮށެވެ.

މޯލްޑިވިއަނުން ވަނީ ތިމަރަފުއްޓަށް ކުރަމުން ދިޔަ ވައިގެ ދަތުރުތައް ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް ކޮންމެ ބުރާސްފަތި ދުވަހެއްގައި އެރަށަށް ދަތުރުތައް ކުރަން ނިންމާފައެވެ. އަދި މިކަން ތިމަރަފުށީ އެއާޕޯޓުގެ މުވައްޒަފުންނަށްް މިހާރު ވަނީ އަންގާފައެވެ.

މީގެ ކުރިން ތިމަރަފުއްޓަށް ދަތުރުކުރަން ހުއްޓާލިކަން އަންގާ އައިލެންޑް އޭވިއޭޝަނުން ތިމަރަފުށީ އެއާޕޯޓުގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެސެޖުގެ ކޮޕީ އަކާއި އަލުން ދަތުރުތައް ފަށަން ނިންމާފައިވާކަން އެންގި މެސެޖުގެ ކޮޕީއެއް ވެސް "ދެން" އަށް ވަނީ ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!