ލައިފްސްޓައިލް

ދަރީންނާމެދު ހަމަހަމައަށް ކަންތައް ކުރެވޭނީ މިކަންކަމަށް ވިސްނައިގެން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނޭނގުމެއްގެ ތެރޭގައި ނަމަވެސް ގިނަ ދަރިންތަކެއް ތިބޭ ބެލެނިވެރިންނަށް ދަރިންގެ ދެމެދުގައި ތަފާތުކުރުން ތަކެއް ގެންގުޅެވެއެވެ. ތިމާ ބޭނުން ނުވި ކަމުގައި ވިޔަސް އެކަންތައް ތިބާގެ ދަރިންނަށް އިހްސާސް ކުރެވިދާނެއެވެ.

Ads by MWSC

ދަރިންނާމެދު ހަމަހަމައަށް ކަންކަން ކުރުމަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. ބެލެނިވެރިއެެއްގެ ހައިސިއްޔަތުން ދަރިންނާ ދޭތެރޭ ހަމަހަމައަށް ކަންތައް ކުރުމުގައި ވިސްނަން ޖެހޭ ބައެެއް ކަންތައްތައް އެބަހުއްޓެވެ.

1- ބެލެނިވެރިންގެ ގޮތުގައި ގުޅިގެން އުޅޭ ބަޔަކަށް ދެމީހުން ވެސް ވާށެވެ. ދަރިންނަށް ނަމޫނާއަކަށް ވާށެވެ. ރިވެތި އަހްލާގުގެ ވެރި ބަޔަކަށް ދަރިންގެ ކުރިމަތީގައިވާށެވެ. ތިމާމެންގެ ރިވެތި އަހްލާގުން ދަރިން ޒީނަތްތެރި ކުރާށެވެ.

2- ފިރިހެން ކުދިންނަކީ ހަމައެކަނި ފިރިމީހާ ބަލަން ޖެހޭ ކުދިން ކަމުގައި އަދި އަންހެން ކުދިންނަކީ ހަމައެކަނި އަނބިމީހާ ބަލަން ޖެހޭ ކުދިން ކަމުގައި ނުދެކޭށެވެ. ބައެއް ކަންކަމުގައި އަންހެން ކުދިންނަށް އަނބިމީހާ އިސްކަން ދޭށެވެ. އަދި ފިރިހެން ކުދިންނަށް ފިިރިމީހާ އިސްކަން ދޭށެވެ. ނަމަވެސް އަންހެން ކުދިންނަށް ވެސް އަދި ފިރިހެން ކުދިންނަށް ވެސް ދެމީހުންގެ ފަރާތުން ވެސް ލޯތްބާއި އަޅާލުން ހަމަހަމައަށް ލިބެން ވާނެއެވެ. އަދި އެ ގަވައިދު މާ ބޮޑަށް ގެންގުޅުން ދޫކޮށްލާށެވެ.

3- އެކި ކުދިން ބޭނުންވާނީ އެކި އެއްޗެހިކަން ދަންނާށެވެ. އެއް ކުއްޖަކު ބޭނުންވާ އެއްޗެއް ދީފައި އަނެއްކުއްޖާ ބޭނުންވާ އެއްޗެއް ނުދެވޭނަމަ ނުދޭށެވެ. ނުވަތަ އެކަން އެހެން ވިޔަސް އަނެއް ކުއްޖާއަށް އެކަން ކިޔައިދޭށެވެ. ވަގުތުގެ ހާލަތު އޮޅުން ފިލުވައިދޭށެވެ. އެއްވެސް ހާލެއްގައި އެ ކުއްޖާއަކީ ބާކީވެފައިވާ ކުއްޖެއްކަން އެ ކުއްޖާއަށް އިހްސާސް ވިޔަ ނުދޭށެވެ.

4- ކޮންމެ ކުއްޖެއްގެ ކުރިއެރުމުގައި ވެސް އެއްބާރުލުން ދޭށެވެ. އެކުދިންގެ ހިތްވަރަށް ތައުރީފް ކުރާށެވެ. އަދި އެކުދިން އެކަކު އަނެކަކާ ވާދަވެރިކަން ގެންގުޅުނަ ދޭށެވެ. ނަމަވެސް އެ ވާދަވެރިކަން ރުޅިވެރިކަމަށް ބަދަލުވިޔަ ނުދޭށެވެ. އެކަމުގައި ބެލެނިވެރިންގެ ޒިންމާ ބޮޑުކަން ދަންނާށެވެ.

5- ދަރިންގެ ކުރިމަތީގައި ދެމަފިރިން ވާހަކަ ދައްކާށެވެ. އެކުދީންނަށް ލޯތްބާ އަޅާލުން އިހްސާސް ވިޔަ ދޭށެވެ. ކެއުމުގެ ގަޑިތަކުގައި ދަަރިންނާ ގުޅިގެން ވާހަކަ ދެއްކިދާނެއެވެ. ދެމަފިރިންގެ ދޭތެރޭގައި އޮތް ގުޅުން ވަރުގަދަކަން އެނގުމަކީ ދަރިން އުފާވާނެ ކަމެކެވެ. އަދި އެ ވާހަކަތައް އަޑުއަހަން އެކުދިން ބޭނުން ވާނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!