ރިޕޯޓް

ގދ.ވާދޫން މީހެއްގެ ސައިކަލު ފަހަތަށް ޖިންނިއެއް އެރި ކަމަށް ބުނާ ވާހަކަ، އޭނާގެ ދުލުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްމީޑިއާގަައި ދާދި ފަހުން ދައުރުވި ފޮޓޯއެކެވެ. މީހެއްގެ ސައިކަލު ފަހަތަށް ޖިންނިއެއް އަރާ އިންނަ މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ. ދުންކޮޅެއްގެ ސިފައިގައި އިން ރޫހާނީ އެއްޗެއްހެން ފޮޓޯއަށް ބަލާލުމުން ހީވިއެވެ. އެއީ ކޮން ރަށެއްގައި ހިނގި ކަމެއްތޯ ބަލާލުމުގެ ޝައުގު ހިތުގައި އުފެދިއްޖެއެވެ.

Ads by STELCO

ކުރި މަސައްކަތުން އެއީ ހުވަދު އަތޮޅު ވާދޫގައި ހިނގި ކަމެއްކަން އެނގިއްޖެއެވެ. ފޮޓޯ ނަގާފައިވާ ހިސާބަކީ މީހުން ދިރިއުޅޭ ހިސާބެއް ނޫނެވެ. އެއީ ރުއްގަނޑެކެވެ. މީގެ ކުރިން ރޫހާނީ ކަންތައްގަނޑެއް އެ ތަނުގައި ހިނގާ އެކަމާ ބިރުން ހުން އައިސް މީހަކު މަރުވި ކަމަށްވެސް އެ ރަށު މީހުން ބުނެ އުޅެއެވެ. އެ ރުއްގަނޑަށް ވާދޫ މީހުން ކިޔާ އުޅެނީ "އަލިޔާ މެރިޔާ" ރުއްގަނޑެވެ.

އެއީ ކޮން ރަށެއްތޯ ބަލާލައިގެން އެކަނި ހިތްހަމައެއް ނުޖެހުނެވެ. އެ ސައިކަލު ދުއްވަން އިން މީހާއާ ގުޅާލާ ވާހަކަ ދައްކާލާ ހިތްވިއެވެ. ކަންވީގޮތް އޮޅުން ފިލުވަަން ބޭނުން ވިއެވެ. އެހެންކަމުން ރަހުމަތްތެރިއެއްގެ އެހީގައި އޭނާގެ ނަންބަރު ވެސް ހޯދައިފީމެވެ. ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. ދުވަހުގެ އެކި ވަގުތުތަކުގައި އަހަރެން އޭނާއަށް ގުޅަމުން ދިޔައީމެވެ. ނަމަވެސް ބުނަނީ ފޯން ނިއްވާލާފައިވާ ކަމަށެވެ.

އަހަރެން މާޔޫސްވީ ކަންވީ ގޮތް އޮޅުން ފިލުވާލަން އެހާ ބޭނުންވެފައި ހުއްޓާ އޭނާގެ ފޯނަށް ގުޅޭ ގޮތް ނުވުމުންނެވެ. އެ މާޔޫސްކަން މަތީގައި އަހަރެން ނިދަން އޮށޯތީމެވެ. ނުނިދި އެނދުމަތީގައި ފުރޮޅި ފުރޮޅި އޮއްވާ އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ބަލާލިއިރު އޭނާގެ ފޯން ހުޅުވިކަމަށް އައިސްފައިވާ މެސެޖެކެވެ. އޭރު ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ.

ގަޑިއަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ވަގުތުން އެ ނަންބަރަށް އަހަރެން ގުޅައިފީމެވެ. ނަސީބު ކަންދިމާކުރި ގޮތް ވަރަށްވެސް ރަނގަޅެވެ. އޭނާ ވަގުތުން ފޯނު ނަގައިފިއެވެ.

މީސްމީޑިއާގައި މި ފޮޓޯ ދައުރުވަމުންދާތީ އެކަމާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވާލަން ގުޅާލީ ކަމުގައި އަހަރެން ބުނީމެވެ. އޭނާ އެވާހަކަ އަހަރެންނަށް ކިޔައިދޭން ފެށިއެވެ.

އެއީ އާދައިގެ މަތިން ރައްޓެހިންނާއެކު ދުއްވާލަން ދިޔަ ރެއެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެރޭ ދުއްވާލަން ދިޔައީ 5 މީހުން ކަމަށާއި ދުއްވަމުން ދުއްވަމުން ގޮސް ރަށުގެ ނާމާންކަމަށް ބުނާ ހިސާބަށް ވެސް ދެވުނީ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެހިސާބުން ދުއްވަމުން ދަނިކޮށް އޭނާގެ ސައިކަލު ފަހަތުގައި ދުއްގަނޑެއް ހުރިހެން އޭނާއަށް ހީވާން ފެށިއެވެ.

އެ ވަގުތު އޭނާގެ ސައިކަލު ފަހަތުގަައި އެއްވެސް މީހަކު ނެތެވެ. އަދި ދުންގަނޑެއް އިންކަން އިހުސާސްވާން ފެށުމުން ރައްޓެހިން ނެގި ފޮޓޯ މީސްމީޑިއާގައި ދައުރުވަމުން އެދަނީއެވެ.

އެފޮޓޯގައި ޖިންނި އޭނާގެ ކޮނޑުގައި އަތް އަޅުވާލައިގެން އިންހެން ހީވިޔަސް އޭނާއަށް އެކަން އިހްސާސް ނުވާ ކަމުގައި ބުންޏެވެ. ނަމަވެސް ފަހަތުގައި އެއްޗެއް އިން ކަމުގެ އިހްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.

އެ ފޮޓޯ އަކީ ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެކަން އޭނާ ދޮގު ކުރެއެވެ. އެއީ ހަގީގަތުގައިވެސް ހިނގި ހާދިސާއެއް ކަމަަށް އޭނާ ކިޔައިދިނެވެ.

މި ކަމުގެ ފަހަތުގައިވާ ހަގީގަތެއް އަހަރެންނަކަށް ވެސް ނޭނގެއެވެ. މިއީ އޭނާ އެވާހަކަ ކިޔައިދިން ގޮތެވެ.

Ads by HDC
  1. ކަނބުލޮ

    ޖިންނި އަރާތަ ފޮޓޯއަށް؟؟؟

  2. ާއަލި

    އެއީ އެޑިޓްކޮށްފަ އިންނަ ފޮޓޯއެއް މީހުން މޮޔަ ހައްދަނީތަ

    • ޖިންނި

      ޗަކޮެއި ސޭކަލު ފަހަތައް އެރީމޭ ޗައެއްއިނގޭނީ

    • ވިގަނި

      ކަޅު ތުނި ތުނި ޖިންނިއެއް. އޭނާގެ ކޮނޑުގާއަތްއަޅައިގެން

  3. ޗަކޮއި ކައިޒީން

    މަގު ކޮޅުންވެސް އެފެންނަނީ ކޮރުޖަހަމުން އަންނަ އެހެން ޖިންނިއެއް ދޯ. ޒޫމް ކޮއްލާފަ ބަލާލަބަލަ. ލޯލައިޓްގަ ސްލޯ ށަޓާ ފޮޓޯ ނެގީމަ ތިފާޑުފާޑަށް ފޮޓޯ ނެގޭނެ. ނެގޭ ކޮންމެ ފޮޓޯއަކީ ޖިންނިތަ. ބޯހަލާކު

  4. ޝަހޫ

    ތިކިޔަނީ ވާދޫގެ ވާހަކަ ނޫން ހެން އަޅުގަޑަށް ހީވަނީ

  5. ޖަމްބެ ގައްދޫ

    ތިފޮޮޓޯނެގީ ވާދޫ ދޫރެސްޢައްޔާ ތީއެޑިޓެއް ސައިކަލް ދުއްވަން އިނީ ގައްދޫ ޖަމްބެ

  6. ާަިްއިޓްސް މީ

    ތީ ހާދަ ކަންނެތް ޖިންނިިއެކޭ ދޯ !!!
    އަނެއްކަ ވަރަށް ފަލަ ދޯ �

  7. ޢިއްބެ

    އސައިކަލު ދުއްވަން އިނީވެސް ޖިންނިއެއް ނޫންބާ؟

  8. ސާޖީ

    މިހާރު އުޅޭޖިއްނި ތަކަށް އިންސްޓޯލް މަންޓަށް ސައިކް ނުލިބޭތީ ތިހެން ތިވަނީ ، އެގޮލާމެން ވެސް ސައިކް ދުއްވަން ބޭނުންވާނެ އެއްނޫން

  9. ކޮޮޮރުޖިއްނި

    އެއް ސައިކަލް ފަހަތުން އަނެއް ސައިކަލްއއ އަލި އަޅުވާލީމަ ހިޔަނިތައް ހުންނާނީ އެކަހަލަ ގޮތަކައް. ދެން ހަމަ ފޮޓޯ ނަގަންވީ އެޑިޓެއް ކުރާކަށް ނުޖެހޭނެ

  10. ޢަލީ

    ޖިންނި އަރާނެ ފޮޓޯއަށް އޭގެ ފްރެކްއެންސީ އެވަގުތެއްގައި ހުންނަ ގޮތަކުން، ލޮލައްވެސް ފެނިދާނެ ، އިންފްރާ އަށް އަދި މާ ފަސޭހައިން ފެންނާނެ

  11. ަޮައުނެެ

    އެ އުެތީ ވައިރަލް ވެފަ���

  12. ބިރު