ޚަބަރު

ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ފޯނުން ގުޅުއްވާ ރައީސް ޞާލިހް ޝުކުރު އަދާކުރައްވައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާ ކުރައްވައިފިއެވެ.

Ads by MWSC

ނަސްރުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، ހުސައިން އާދަމް އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކު ވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވިއެވެ.

އަދި ޝަހީދު ޙުސައިން އާދަމަށް ޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

 

Ads by Ooredoo
  1. ވަރަބިނދުނުކޮތަރު

    ރައިސްޝުކުރުއަދާ ކުރެއްވުމުގެ ބަދަލު ގަ ހިތާމަފާޅު ކުރައްވާ މަޢާފަށް އެދިލިނަމަ ،އެޒުވާން އުމުރުގަ ދުނިޔެއަޅާ އެދިއަ ހުސެންއާދަމްއަށް ޓެރެރިސްޓުންނާ ހަގުރާމަ ކޮއްފިދާވާން ޖެހުނީ ބަފައިބެ ވެސް އެކަމެއްގަ ސާމިލްވާތީއޭ ވިދާޅުވެ ، އެބައްޕަ ކުރާނެހިތާމައާ މަޔަކު ޒުވާންދަރިއަކު ގެއްލިގެންދިއައީތީ ހިތައް ކުރާނެއަސަރު އިހްސާސް ކުރެއްވިގެން. ފިދަނަތަކެއް ފަދައިން ފިލާނޫންކަން ތިއްބެވީ ރިޑަޔާޓް ސިފައިންގެ ބޭކަލެއްގެ އަސަރުގަދަ ވާހަކަކޮޅުން ވެސް މިއަދު ހާމަވެއްޖެ. ސުކޫލު ކުއްޖެއްގެ ގޮތުގަ ހުންނަވާ ތަޅުދަޑިފަތި ފޯރުކޮއްދިނުމަށް ފުރާޅުތަކުން ފުންމާ ހެއްދެވި ވާހަކަ އަޑުއިވިފަ .އެޒުވާންހުސެންއާދަމް ގައުމަށްޓަކައި ދީނަށްޓަކައިވީ ޤުރުބާނީއަކީ ޖޯކެއްކަމަށް ފިޑިބަޔަކު ކަމަށް ދައްކާ ވިސްނާދޭން މަސައްކަތްކުރި ބަޔަކު މިއަދު އެދުވަހު ސިފައިންވީ ޤުރުބާނީގެ އަގުވަޒަން ކުރާ ވާހަކަ ދެއްކުމުން މުނާފިޤުކަން ހާމަވުން ނޫނީ އެހެންކަމެއް ނުވި . އުފާކުރާ ވާހަކަ ދެއްކުމަށް ކުރެ ކުރިން ދެކެވިފަވާހާ ވާހަކަތަކަށް މަޢާފަށްއެދިބަލަ .