ކޮވިޑް-19: ކަރަންޓީން އުސޫލާ ހިލާފުވި މީހަކު އައްޑޫން ފައްސިވެއްޖެ
ކޮވިޑް-19ގެ ކަރަންޓީން އުސޫލްތަކާ ހިލާފްވި މީހަކު އައްޑޫން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެމީހާއަކީ މާލެއިން ކަރަންޓީނަށް އައްޑޫއަށް ފޮނުވި މީހެއް ކަމަށާއި އެ މީހާ ވަނީ ކަރަންޓީން އުސޫލާއި ހިލާފުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ އޮންލައިން ނޫސް "ވަގުތު" ގައި ބުނެފައިވަނީ އޭނާއަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ކޮވިޑް-19އަށް ޓެސްޓު ކުރުމުން ކަމަށެވެ.
އެމީހާގެ ފުރަތަމަ ސާމްޕަލް ފައްސިވެފައިވާކަން އެޗްޕީއޭ އިން މިހާރު އަންގާފައިވާއިރު، އޭނާ ސަލާމަތް ކުރަން މޫދަށް ފޭބި މީހާ ވެސް އެކަހެރިވުމަށް ވަނީ އަންގާފައެވެ.
Ads by Allied Insurance