ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 26 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 26 މީހުން ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 21 ދިވެހިންނާއި 5 ބިދޭސީންނެވެ. އެއީ މާލެއިން 21 މީހުންނާއި އަތޮޅުތެރެއިން 5 މީހުންނެވެ.

އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 26 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 11،822 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 10،991 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން މިހާރު ނިޔާވެފައިވަނީ 38 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 185 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 52 މީހުންނެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި މިހާރު 23:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 4:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި 22:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 23:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 4:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!