Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އަމާޒަކީ ރަކީދޫގެ އުފަން ދަރިން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެއްދުން:ރައީސް

އަމާޒަކީ ރަކީދޫގެ އުފަން ދަރިން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެއްދުން:ރައީސް

ރަކީދޫއަށް އުފަން ދަރިން ރަކީދޫއަށް ބަދަލުވުމުގެ ރޫހެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ  އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނު މިހާރު ވާވު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަކީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ދަތިތަކެއް ހުރި ނަމަވެސް އެރަށުގެ ސުކޫލު ނިމި ހުޅުވުމާ ހަމައަށް ގޮސްފައި ވާކަމަށާއި، ސުކޫލުގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް ދެ ފަހަރަކު އިއުލާނުކޮށްގެން ވެސް ރަށުގެ ރައްޔިތަކު އެކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެ، ރަށުގެ އުފަން ރައްޔިތުން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެދިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މ. އަތޮޅުގެ ކެމްޕެއިނު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ ވ. އަތޮޅަށް ކެމްޕެއިނު ފައްޓަވައިފަ އެވެ. މި ދަތުރުގެ ފުރަތަމަ ވަޑައިގެންނެވީ ރަކީދޫއަށެވެ. ރަކީދޫއަށް ވަޑައިގެން އެމަނިކުފާނުވަނީ <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ވ.ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު </span>އިފްތިތާޙުކޮށް ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް