ލައިފްސްޓައިލް

ވާހަކަ ދެއްކޭ ގުރައެއްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވާހަކަ ދެއްކޭ ގުރައެއް އޮސްޓްރޭލިއާއަށް ނިސްބަތްވާ ފިރިހެނެއްގެ ފުރާނަ ސަލާމަތް ކޮށްދީފިއެވެ.

Ads by MWSC

ރިޕޯޓުތަކުން ބުނާ ގޮތުގައި މިގުރައަކީ އެފިރިހެން މީހާ ގެންގުޅޭ ގުރައެކެވެ. އޭނާއަށް ނިދިފައި އޮއްވާ ގޭގައި ރޯވި އަލިފާންގަނޑުން ފުރާނަ ސަލާމަތް ކުރެވުނީ އެގުރާ އޭނައަށް ގޮވަން ފެށުމުންނެވެ.

ބްރިސްލޭން ގައި މިއަދު ހިނގި މިހާދިސާ އާއި ބެހޭގޮތުން ބީބީސީ އަށް މައުލޫމާތު ދެމުން ސަލާމަތްވި ، އެންޓޮން ގުޔެން ބުނީ އަލިފާން ރޯވިއިރު އޭނާއަށް އޮތީ ވަރަށް ގަދަޔަށް ނިދިފައި ކަމަށެވެ.

ނަމަވެސް ނަސީބަކުން، ފަޔަރ އެލާމް ވެސް ޖެހުމުގެ ކުރިން އޭނާ ގެންގުޅޭ ގުރާ ވަނީ އެންޓޮންގެ ނަމުން އެތައް ފަހަރަކު ވަރަށް ބާރަށް ގޮވާ، އޭނާ ހޭލައްވާފައެވެ. ނަތީޖާއެއްގެ ގޮތުން އެއިމާރާތުގައި ގަދަޔަށް އަލިފާން ފެތުރުމުގެ ކުރިން އެންޓޮންއަށް އެގެއިން ނިކުމެވެން ފުރުސަތު ލިބުނެވެ.

"އަހަންނަށް ބާރުގަދަ އަޑެއް އިވުންހެން ހީވި ނިދީގައި އޮއްވާ. ދެން އެރިކް، އަހަރެން ގެންގުޅޭ ގުރާ، އަހަންނަށް ވަރަށް ގަދަޔަށް ގޮވާ އަޑަށް ހޭލެވުނީ. އެއިރު ދުން ވަސް ދުވަން ފެށުމުން އަވަހަށް ގެއިން ނިކުތިން" އެންޓޮން ބުނެފައި ވެއެވެ.

އަލިފާންގަނޑު ނިއްވާލަން ދިޔަ އޮފިސަރުން ވަނީ އިތުރު އިމާރާތްތަކަށް އެއަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލު ކޮށްފައެވެ. މިއަލިފާންގަނޑު ރޯވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!