ދުނިޔެ

ރައީސް ކަމަށް އިންތިޚާބު ވެއްޖެ ކަމަށް ޓްރަންޕް ނުސީދާކޮށް ވިދާޅުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް

މިހާރު ވޯޓް ގުނަމުންދާ އެމެރިކާގެ ރައީސް ހޮވުމުގެ އިންތިޚާބުގައި، އިންތިޚާބުގެ ވޯޓް ގުނާ ނުނިމޭ ބައެއް ސްޓޭޓްތަކުން، އެމެރިކާގެ ރައީސް، ރިޕަބްލިކަން ކެނޑިޑޭޓް ޑޮނާލްޑް ޓްރަންޕް މޮޅުވިކަން އޭނާ އަމިއްލައަށް ހާމަކޮށްފިއެވެ.

Ads by WAMCO

ރޭ ކުރެއްވި ޓްވީޓެއްގައި ޓްރަންޕް ވިދާޅުވީ، ޕެލްސިލްވޭނިޔާ، ގޯޖިޔާ، ނޯތު ކެރޮލައިނާ އަދި މިޝިގަންގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ އެމަނިކުފާނު ކަމަށެވެ.

އެމެރިކާގެ އިންތިޚާބީ ޤަވާއިދުގެ މަތިން ރައީސް ކަމަށް ކުރިމަތި ލައްވާ ކެނޑިޑޭޓަކު ޖުމްލަ 270 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވަން ޖެހެއެވެ. މިހާތަނަށް އިޢުލާން ކޮށްފައިވާ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަންޕަށް ލިބިވަޑައިގެންފައި ވަނީ، 214 އިލެކްޓޯރަލް ވޯޓް އެވެ. ނަމަވެސް ޓްރަންޕް ވިދާޅުވާ ގޮތަށް ޕެލްސިލްވޭނިޔާ (20 އިލެކްޓޯރަލް ވޯޓް)، ގޯޖިޔާ (16 އިލެކްޓޯރަލް ވޯޓް)، ނޯތް ކެރޮލައިނާ (15 އިލެކްޓޯރަލް ވޯޓް) އަދި މިޝިގަން (16 އިލެކްޓޯރަލް ވޯޓް) އާއެކު ޓްރަންޕަށް 281 އިލެކްޓޯރަލް ވޯޓް ލިބޭނެއެވެ.

ޓްރަންޕް މިގޮތަށް ޓްވީޓް ކުރެއްވި ނަމަވެސް މިޝިގަންގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ބެއިޑެންއެވެ.

ޓްރަންޕްގެ މި ޓްވީޓް ޓްވިޓަރއިން ވަނީ ހައިޑްކޮށްފައެވެ. އަދި މިއީ އިންތިޚާބީ ނަތީޖާ ނުނެރެނީސް ކޮށްފައިވާ ޓްވީޓެއްކަން މި ޓްވީޓްއާއެކު އަންނަ އިންޒާރެއްގައި ބުނެއެވެ.

އެންމެ ފަހުގެ ނަތީޖާތަކާ އެކު ބައިޑަން އުޅުއްވަނީ 264 އިލެކްޓޯރަލް ވޯޓއާއެކު ކުރީގައެވެ. އިންތިޚާބު ކާމިޔާބު ކުރަން އެމަނިކުފާނަށް ދެން ބޭނުން ވަނީ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!