ދުނިޔެ

އެމެރިކާ ރިޔާސީ އިންތިހާބު: ނަތީޖާގެ އިންތިޒާރުގައި މުޅި ދުނިޔެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމު ކަމަށް ދައުވާކުރާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވޯޓު ލާފައިވާއިރު، އެއިންތިހާބުގެ ފައިނަލް ނަތީޖާ އަދިވެސް އިއުލާނު ކުރެވޭވަރު ނުވެއެވެ.

Ads by Sosun Fihaara

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކޮށްފައި ވަނީ އެޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރަޓުން ގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން އެވެ.

އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު އެލެކްޓޮރަލް ވޯޓުގެ އަދަދުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އެގޮތުން އިންތިހާބު ކާމިޔާބު ކުރުމަށް މުޅިއަކު 270 އިލެކްޓޮރަލް ވޯޓު ބޭނުންވާއިރު، ޓްރަމްޕަށް މިހާތަނަށް ލިބިފައިވަނީ 214 ވޯޓެވެ. އަދި ބައިޑަން އަށް 264 ވޯޓު ލިބިފައިވެއެވެ.

އިންތިހާބު ކާމިޔާބު ކުރާނެ ފަރާތެއް ދެނެގަތުމަށް އެމެރިކާގެ ރައްޔިތުން ވެސް ފޮނި އިންތިޒާރެއް ކުރަމުންދާއިރު، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ތިބީ ނަތީޖާ އެނގުމަށް ކެތްމަދުވެފައެވެ.

ނަމަވެސް ބޭރުގެ ރިޕޯޓުތަކަށް ބަލާއިރު އަދިވެސް ފަސް ސިޓީއެއްގައި ވޯޓު ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ އަލަސްކާ، ނެވާޑާ، ނޯތު ކެރޮލައިނާ، ޕެންސިލްވޭނިއާ އަދި ޖޯޖިއާ އެވެ.

މިސިޓީތަކުގެ ތެރެއިން އެންމެ އަވަހަށް ގުނާ ނިމޭނީ ޖޯޖިއާގެ ވޯޓުތައް ކަމަށް ބެލެވެއެވެ. އެސިޓީއިން މިހާރު 98 އިންސައްތަ ވޯޓު މިހާރު ވަނީ ގުނާ ނިމިފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިލެކްޓޮރަލް ވޯޓުގެ ނަތީޖާއިން ބައިޑަން ކުރީގައި އުޅުއްވުމުން، ޓްރަމްޕް ވަނީ ވޯޓު ގުނުމުގައި މައްސަލަ އުޅޭކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!