އަފްގާނިސްތާނަށް ދިން ބާރުގަދަ 2 ހަމަލާއެއްގައި 3 މީހަކު މަރުވެ ގިނަ އަދަދެއްގެ މީހުން ޒަޚަމްވެއްޖެ

އަފްގާނިސްތާނުގެ އަވަށެއްކަމަށްވާ “ބަލްޚް” އަށް ދިން ދެ ބޮމުގެ ހަމަލާއެއްގައި 3 މީހަކު މަރުވެ 17 މީހަކު ޒަޚަމް ވެއްޖެއެވެ.
މި ދެ ހަމަލާ ވެސް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހަނިކޮށެވެ. މިދެ ބޮން ވެސް ހަރުކޮށްފައި ވަނީ ގެސްޓް ހައުސްއެއްގެ 2 ކާރުގައި ކަމަށް އެގައުމުގެ އޮފިޝަލަކު ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
މި ހަމަލާގައި ޒަޚަމް ވެފައިވާ، 17 މީހުންގެ ތެރޭގައި، އަފްގާނިސްތާނުގެ ލޯކަލް ކޮމާންޑަރެއް ކަމަށްވާ ނަޒަރު ގުލް ހިމެނޭއިރު، އޭނަގެ ދަރިފުޅާއި، އިތުރު ދެ ގެސްޓުން ވަނީ މިހަމަލާގައި މަރުވެފައެވެ.
މީގެ ކުރިން ވެސް ވަނީ މީގެ އެތައް ހަމަލާތަކެއް އަފްގާނިސްތާނަށް އަމާޒުކޮށް ފޮނުވާފައެވެ. އަދި ގިނަ ބަޔަކު މަރުވެފައިވާއިރު، އަނެއްބައި މީހުންވަނީ އެކި އެކި ހަމަލާތަކުގައި ޒަޚަމް ވެފައެވެ.